އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފަށައިފި
ހއ.އަތޮޅުގެ މެމްބަރުން ޚިދުމަތް ފައްޓަވައިދެއްވަނީ: ފޮޓޯ-އެސްޓީއޯ

އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފަށައިފި

7 hours ago - 19:03
Advertisement

ރާއްޖޭގައި އެންމެފަހުން އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފަށައިފި އެވެ. ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވީ ހޯރަފުށީގައެވެ. ޚިދުމަތް ފެށީ ވިޓޯލްއާ ގުޅިގެންނެވެ. ވިޓޯލްއަކީ ދުނިޔޭގައި ހަކަތައިގެ ހަކަތައިގެ ވިޔަފާރި ކުރާ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެކުންފުނިން ދަނީ މިހާރުވެސް ސިންގަޕޫރާއި, ޔޫއޭއީގެ އިތުރުން މޮރިޝަސްގައި ބަންކަރިންގެ ޚިދުމަތް ދެމުންނެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބަންކަރިންގެ ޚިދުމަތް ފައްޓަވައިދެއްވީ ހއ.އަތޮޅު ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނެވެ. އެއީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އާއި ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާއާއި, އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރާއި, ކެލާ ދާއިރާގެ މެމްބަރު އަބްދުالله ޝަރީފެވެ. އެހުރިހާ މެމްބަރުންނަކީ ވެސް ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންނެވެ.

ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ދޭން މަސައްކަތް ކުރާތާ އަހަރުތަކެއް ވިޔަސް މިއީ އެކަން ހަގީގަތަކަށްވީ ފުރަތަމަ ފަހަރެވެ. ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން އެކި ތާރީޚުތައް ދެމުން އައިސް ރަސްމީކޮށް ފެށުނީ މިއަދުއެވެ. މިޚިދުމަތް ދޭނީ އިހަވަންދިއްޕޮޅު ޒޯން ގައެވެ.

މިޚުދުމަތް ދެނީ މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އާ ގުޅިގެންނެވެ. މިޚިދުމަތުގެ ދަށުން ތެޔޮ ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ. މިޚިދުމަތަށް ދެ ބޯޓް ވަނީ ރާއްޖެ ގެނެސްފައެވެ. އެއީ ދެ އަހަރުގެ ތެރޭގައި އަމިއްލަ ވާގޮތަށް ގެނައި ދެ ބޯޓެވެ. މިޚިދުމަތް ދޭން ރާއްޖެ ގެނައީ 3258 ޓަނުގެ ބޯޓަކާއި, 3929 ޓަނުގެ ބޯޓެކެވެ.

Advertisement

ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ މިޚިދުމަތް އޮފްޝޯކޮށް ފެށީ ފވިޔަފާރި ފައިދާ އެންމެ ބޮޑުވާނެ ގޮތަކީ އެއީ ކަމަށް ވާތީކަމަށެވެ. ސައީދު އެފަދައިން ވިދާޅުވީ ކަނޑުގައި ބޯޓެއް ބާއްވައިގެން ޚިދުމަތް ފެށުމުން އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ބިމެއް ހިއްކައިގެން ޚިދުމަތް ފެށޭނީ އެކަމަށް ޑިމާންޑް އުފެއްދިގެން ކަމަށެވެ.

ރާއްޖެ އޮތް ސަރަހައްދުގެ މުހިއްމުކަންވެސް ޚިދުމަތާ ގުޅުވާ މިނިސްޓަރ ފާހަގަކުރެއްވިއެވެ. ވިދާޅުވީ މިސަރަހައްދަކީ ދުވާލަކު 300 އެއްހާ ބޯޓް ހުރަސްކުރާ ސަރަހައްދެއް ކަމަށެވެ. އޭގެ ކުޑަ އިންސައްތައެއް ލިބުނަސް ލިބޭ ފައިދާ ބޮޑުކަން ފާހަގަކުރެއްވިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ ބޭނުންވަނީ ވިޓޯލްއާ ގުޅިގެން ލަގްޒަރީ ބޮޑަތި ފައިދާ ލިބޭ އުޅަނދުތަކަށް ޚިދުމަތް ދޭން ކަމަށެވެ. އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ މިޚިދުމަތުގެ ތެރެއިން އެމްޕީއެލްއިން 14 ޚިދުމަތެއް ދޭނެ ކަމަށެވެ. ގްރީކްގެ ކުންފުންޏަކުން މިހާރުވެސް ފެނުގެ އޯޑަރު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. އެއީ 17 ބޯޓް އޮންނަ ކުންފުންޏެކެވެ.

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement