ހުޅުމީދޫގައި މައްސަލަޖެހިފައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރު މަރާމާތުކޮށް ސްޓެލްކޯއިން އަލުން ބޭނުންކުރަން ފަށައިފި
އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގެ ކަރަންޓުގެ ޚިދުމަތާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހަވާލުވި އިރު، މައްސަލަޖެހި ނުހިންގިފައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓު މަރާމާތުކޮށް އަލުން ޚިދުމަތްދޭން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯއިން ބުނީ، މި ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައުމާއެކު، ހުޅުމީދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ލިބިފައިވާކަމަށެވެ.
އަދި މިފަދައިން މައްސަލަޖެހި ނުހިންގި ހުރި ޖަނަރޭޓަރުތައް އަމިއްލަ މުވައްޒަފުންގެ އެހީގައި މަރާމާތުކޮށް ހިންގުމުގައި ދެމިތިބެ، ރައްޔިތުންނަށް އެއްވެސް މެދުކެނޑުމެއްނެތި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށްވެސް ސްޓެލްކޯއިން މައުލުމާތުދެއެވެ.
ހުޅުދޫ އަދި މީދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި ސްޓެލްކޯއިން އަންނަނީ މެދުނުކެނޑި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިއެކްޝަންސް





