ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް!

ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް!

1 hour ago - 09:13
Advertisement
Advertisement

ދިވެހިރާއްޖެ ހުރިހާ އަތޮޅުތަކާއި، ރަށްތަކަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ވަރަށް ހަލުވިކަމާއެކު އެ މަސައްކަތް ކުރިއަށްގެންދަމުންނެވެ. 

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، ކޮންމެ އަތޮޅެއްގައިވެސް މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ.

އެގޮތުން މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު 2027 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ހަމަޖެއްސޭނެގޮތަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. 

މި އިންގިލާބީ ބަދަލުގެ ދަށުން، ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑު ހެދުމުގެ ބިޔަ މަޝްރޫޢު އިފްތިތާޙުކޮށްފައިވަނީ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އަދި މި މަސައްކަތުގެ ތެރެއިން މިހާތަނަށް 8 އަތޮޅެއްގެ 9 ރަށެއްގައި ތެޔޮ ޝެޑުތައް ހަދައި، އެތަންތަނުން ކާމިޔާބުކަމާއެކު މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.

މިހާތަނަށް މި ޚިދުމަތް ރަސްމީކޮށް ޤާއިމުކޮށްފައިވާ ރަށްތަކަކީ:
• ހއ. އިހަވަންދޫ
• ހދ. ހަނިމާދޫ
• ށ. މިލަންދޫ
• ރ. ދުވާފަރު
• ބ. އޭދަފުށި
• ދ. މީދޫ
• ދ. ކުޑަހުވަދޫ
• ފ. ނިލަންދޫ
• ނ. މަނަދޫ

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement