މަރުވެފައި އޮއްވާ ފެނުނީ އިސްލާހީ ސިޔާސީ އެކްޓިވިސްޓް ޖައުހަރީ
މަރުވެފައި އޮއްވާ ފެނުނީ ޖައުހަރީ

މަރުވެފައި އޮއްވާ ފެނުނީ އިސްލާހީ ސިޔާސީ އެކްޓިވިސްޓް ޖައުހަރީ

18 days ago - 18:34
Sep 30, 2024 - 19:20
Advertisement

 

އުސްފަސްގަނޑާ ދިމާ ކަނޑުމަތިން އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ނިޔާވެފައި އޮއްވާ ފެނުނީ ހެންވެއިރު ވެލަސްފަރުގެ އިބްރާހީމް ޖައުހަރީ (62) އެވެ. އޭނާ އަކީ އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓެކެވެ. ސިޔާސީ ހަރަކާތްތަކުގައި ފޮޓޯ ނެގުމުގައި އަބަދުވެސް އޭނާ ފެނެއެވެ. ސިޔާސީ ހަރަކާތްތައް ފެށުނީއްސުރެ އޭނާ ފެނެއެވެ. އޭނާ އަކީ މަޝްހޫރު ލޯޔަރު ސުނާނާގެ ބައްޕައެވެ.

އުސްފަސްގަނޑާ ދިމާ ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނުނު ކަމުގެ ރިޕޯރޓް ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 5:06 ގައި ކަމަށް ފުލުހުން ބުންޏެވެ. އެމީހާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

Advertisement

މިފަދަ ގޮތް ނޭންގޭ މަރުތައް ފެނުން ވަނީ ޢާއްމު ވެފައެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement