ކެބިނެޓަށް ބަދަލުތައް ގެންނަވައިފި, ވަޒީރުން ހުވާ ކުރައްވައިފި
ވަޒީރުން ހުވާ ކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ކެބިނެޓަށް ބަދަލުތައް ގެންނަވައިފި, ވަޒީރުން ހުވާ ކުރައްވައިފި

18 days ago - 14:42
Sep 30, 2024 - 17:51
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް މިއަދު ބަދަލުތަކެއް ގެންނަވައިފިއެވެ.

މިއަދު މެންދުރުފަހު މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް އައްޔަން ކުރެއްވީ ޑޮކްޓަރ ޢަބްދުﷲ ޚަލީލް އެވެ. ޚަލީލް ކުރިން ހުންނެވީ ހެލްތް މިނިސްޓަރުގެ މަގާމްގައެވެ. އާ ހެލްތް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޢަބުދުﷲ ނާޠިމް އިބްރާހީމް އެވެ. މިހާތަނަށް އޭނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމުގެ މަޤާމްގައެވެ. ނާޒިމް ކުރިން ވަނީ ރައީސް ޔާމީންގެ ދައުރުގައި ހެލްތް މިނިސްޓަރުކަން ކުރައްވާފައެވެ.  ކުރިން ފޮރިންގ މިނިސްޓަރުގެ މަޤާމްގައި ހުންނެވި މޫސާ ޒަމީރު ވަނީ މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް  ޢައްޔަންކުރައްވާފައެވެ. ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ޑރ.މުޙައްމަދު ޝަފީޤު އިސްތިއުފާ ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ވަޒީރުން ވަނީ އާ ވުޒާރާއާ ހަވާލުވެވަޑައިގަތުމަށް މަޤާމްގެ ހުވާ ކުރައްވާ އިޤުރާރުގައި ސޮއިކުރައްވާފައެވެ. އަދި ވަޒީރުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ބައްދަލުވެސް ކުރައްވާފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement