ދައުރުން ބޭރުން ނިންމަން ތާވަލް ކުރި ކަންކަން ނިންމައިފި, އާ ދައުރު ފަށާނީ އަންނަ މަހު 7 ގައި
ދައުރުން ބޭރުން ބޭއްވި ފަހު ޖަލްސާގެ ތެރެއިން: ފޮޓޯ-ރައްޔިތުންގެ މަޖިލިހުގެ އިދާރާ

ދައުރުން ބޭރުން ނިންމަން ތާވަލް ކުރި ކަންކަން ނިންމައިފި, އާ ދައުރު ފަށާނީ އަންނަ މަހު 7 ގައި

2 days ago - 12:54
Advertisement

ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން ނިންމަން ތާވަލް ކުރި ކަންކަން ނިންމާ އަންނަ މަހުގެ 7 ވަނަ ދުވަހު އާ ދައުރު ފަށާނެ ކަން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އިއުލާނު ކުރައްވައިފިއެވެ.

ދައުރުން ބޭރުން ބޭއްވި ތިންވަނަ ޖަލްސާ މިއަދު ނިންމާލައްވަމުން މަޖިލިހުގެ ރިޔާސަތުން ރައީސް އަބްދުއްރަހީމް ވިދާޅުވީ 50 މެމްބަރުން ސޮއިކޮށް ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން ނިންމަން ހުށަހެޅި ކަންކަން ނިމިއްޖެ ކަމަށެވެ. އޭގެތެރެއިން އެންމެ މުހިއްމު ކަމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި އަލްއުސްތާޛު އައްބާސް ޝަރީފަށް ރުހުން ދިނުމެވެ. އޭގެއިތުރުން ކުންފުނިތަކުގެ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު އެބިލްވެސް މިއަދު ފާސްކުރިއެވެ. އެއިސްލާހުތަކުގެ މައިގަނޑު ބިނާވަނީ ކުރިން ކަނޑައަޅާފައިހުރި މުއްދަތުތައް ކުރު ކުރުމެވެ. ކުރިން އޮންނަނީ ސަރުކާރު ކުންފުނިތަކާއި, ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރ ނުވަތަ ސީއީއޯއާއި ޑިރެކްޓަރުންގެ މަގާމް ހުސްވެއްޖެ ނަމަ 30 ދުވަހުގެ ތެރޭގައި ޚާއްސަ ޖަލްސާ ބާއްވައިގެން އެމަގާމަށް އާ ބޭފުޅަކު އައްޔަން ކުރެވޭ ގޮތަށެވެ. ނަމަވެސް އިސްލާހުތަކާއެކު އެމުއްދަތު ވަނީ 10 ދުވަހަށް ކުރުކޮށްފައެވެ.

މަޖިލިހުގެ ދެވަނަ ދައުރު ނިންމާ މިދިޔަ މަހު 22 ވަނަ ދުވަހު ޗުއްޓީއަށް ދިޔައިރުވެސް ރިޔާސަތުން ވަނީ ދައުރުން ބޭރު ޖަލްސާ ބާއްވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެއީ އޭރުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގާ މަގާމުން ވަކިކުރުމުން, ޤާނޫނުގައިވާ މުއްދަތުގެ ތެރޭގައި އާ ޕްރޮސެކިއުޓަރ ޖެނެރަލްއެއް އައްޔަން ކުރުމަށް މަޖިލިހުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށެވެ. މަޖިލިހުގެ ދައުރަކީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅާ މެދު ގޮތެއް ނިންމެވުމެވެ. ޕީޖީއަކަށް އައްޔަން ކުރައްވާ ބޭފުޅަކަށް މަޖިލިހުގެ ރުހުން ބޭނުންވެއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement