20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ހެދިގެން ދާނީ ވަކި ޤާނޫނެއްގެ ދަށުން- ރައީސް
ރައީސް މުއިއްޒު ކެބިނެޓް ބައްދަލުވުމުގައި: ފޮޓޯ-ރައީސް އޮފީސް

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ހެދިގެން ދާނީ ވަކި ޤާނޫނެއްގެ ދަށުން- ރައީސް

2 days ago - 16:38
Advertisement

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން ހެދިގެން ދާނީ ވަކި ޤާނޫނެއްގެ ދަށުން ކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭން ހެދުމުގެ މަސައްކަތް ފަށަން އިއްޔެ ވަޒީރުންގެ މަޖިލިހުން ނިންމެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެޕްލޭން ވެގެންދާނީ ޤާނޫނީ ހިމާޔަތްތެރިކަން ލިބިގެންދާނެ ޕްލޭނަކަށް ކަމަށެވެ.

ޤާނޫނީ ބާރުވެރިކަން ލިބޭގޮތަށް 20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް ހެދުމަކީ މެނިފެސްޓޯގައިވެސް ހިމެނޭ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސް ވިދާޅުވީ މިޕްލޭން ހެދިގެންދާނީ ޤާނޫނު އަސާސީއާއި, ޤާނޫނުތަކަށް ވަކިން ޚާއްޞަކޮށް މިކަމަށް ހަދާ ޤާނޫނަކާ އެކީ ކަމަށެވެ. ޤނޫނުތަކާއި ޤަވާއިދު ތަކަށާް ގެންނަން ޖެހޭ ބަދަލުތައްވެސް ގެންނވާނެ ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި މި ޕްލޭން އެކުލަވާލަން ވަޒީރުންގެ މަޖިލިހުގެ މަޝްވަރާއާއެކު ރައީސް ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޕްލޭން ހަދާނީ ރައްޔިތުންގެ ބައިވެރިވުމާއި، ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމަށެވެ. އޭގެތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކާއި, ޖަމްއިއްޔާ ޖަމާއަތްތަކާއި, އެކިއެކި ސްޓޭކް ހޯލްޑަރުންނާއި, ތަފާތު ދާއިރާތަކުގެ އެކްސްޕާޓުން ހިމެނޭނެ ކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖެއިން ބޭރުގެ ފަންނީ ބޭފުޅުންގެވެސް ބައިވެރިވުން ހޯދާނެކަމަށް ވިދާޅުވިއެވެ. އެކަމަކު ޕްލޭން ހެދުމުގެ ހުރިހާ މަސައްކަތެއް ލީޑްކުރައްވާނީ ދިވެހިންކަމުގެ ޔަގީންކަން ދެއްވިއެވެ.

Advertisement

ވަޒީރުންގެ މަޖިލިހުން އިއްޔެ ނިންމެވީ ޤައުމީ ތަރައްޤީގެ ޕްލޭން ހަދާނެ ގޮތާއި, އެކަން ކުރިއަށް ގެންދާނެ ގޮތުގެ ނިންމުން ތަކެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ތަސައްވަރު ކުރިއަށް އޮތް 20 އަހަރު ދުވަހަށް ކަނޑައެޅިގެންދާ ދިއުމަކީ ރައްޔިތުންނަށް އެކަމުގެ ޔަޤީންކަން އޮންނަ ކަމަކަށް ހައްދަވާނެ ކަމަށެވެ. އެކަމަށްޓަކައި ކުރިއަށް އޮތްތަނުގައި ހުރިހާ ރަށެއްގައި މިކަމާބެހޭ ތަފްސީލީ މަޝްވަރާތައް ހިނގާނެ ކަމަށް ވިދާޅުވިއެވެ.

" ތިޔަބޭފުޅުން ބޭނުންވާގޮތަށް އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީ އިރާދަކުރެއްވިއްޔާ ބައްޓަން ކުރާނަން. މިކަމަކީ އަޅުގަނޑުމެން އެންމެންގެ މަސައްކަތެއް. އެންމެންގެ ބައިވެރިވުމާއި އެކީގައި އެންމެންގެ ކުރިއެރުމަށްޓަކައި އަޅުގަނޑުމެންގެ ދަރީންގެ މުސްތަޤްބަލަށްޓަކައި, ކުރާ މަސައްކަތަކަށް ވެގެންދާނެ އިރާދަކުރެއްވިއްޔާ. " ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ތަރައްޤީގެ ޕްލޭން ހެދިގެން ދާނީ ދިވެހި ޤައުމުދެކެ ލޯބިވާ ޤައުމިއްޔަތުގެ ވިސްނުން ހުރި ޤައުމީ ބަހާތަކާއި, ޤައުމިއްޔަތު ހިމާޔަތްކުރުމުގެ ވިސްނުމުގައި ތިބިމީހުން ތިބެގެން, ކަމާބެހޭ ބޭރުގެ އެކްސްޕާޓުންގެ އެހީތެރިކަމާއެކު ކަމަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement