ހުޅުމާލެ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަނީ

ހުޅުމާލެ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަނީ

30 minutes ago - 23:51
Advertisement
Advertisement

ހުޅުމާލެ، ސްޓެލްކޯ ސަރަހައްދު ފަޅުތެރެއަށް އުޅަނދެއްގެ ވަލެއް އައްސަން މޫދަށް ފޭބި ދިވެއްސަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.


ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު އިރުއޮއްސި 18:30 ހާއިރުއެވެ. ގެއްލިގެން ހޯދަމުންދަނީ ދިވެހި ފިރިހެނެކެވެ. އޭނާ މޫދަށް ފޭބީ އެ ސަރަހައްދު ފަޅުތެރޭގައި އޮތް އުޅަނދެއްގެ ވަލެއް އައްސަން ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގެއެވެ.


މި ހާދިސާއާ ގުޅިގެން އެމީހާ ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް މެރިން ޕޮލިސް އާއި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން މިހާރު ދަނީ ހިންގަމުންނެވެ. ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އެމީހާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.


ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ކަނޑުމަތީގެ ހާދިސާތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement