ބީއެމްއެލްގެ ޗެއަރމަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކެޓްރީ އަހުމަދު އަލީ ހަބީބުގެ ނަން ފޮނުއްވައިފި
އަހުމަދު އަލީ ހަބީބު

ބީއެމްއެލްގެ ޗެއަރމަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކެޓްރީ އަހުމަދު އަލީ ހަބީބުގެ ނަން ފޮނުއްވައިފި

2 days ago - 18:26
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑްގެ ޗެއަރމަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކެޓްރީ އަހުމަދު އަލީ ހަބީބުގެ ނަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި އެވެ.

މިކަން ސަރުކާރުން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްތަރުޖަމާނު ހިނާ ވަލީދެވެ. އަހުމަދު އަލީ ހަބީބު މިވަގުތު ހުންނެވީ ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއަރޒްގެ މަގާމްގައެވެ. ތަރުޖަމާނު ހީނާ ވިދާޅުވީ އަހުމަދު އަލީ ހަބީބަކީ ތައުލީމީ ވަރަށް ޤާބިލް, އެ މަޤާމަށް ވަރަށް އެކަށީގެންވާ ބޭފުޅެއް ކަމަށެވެ.

އަހުމަދު އަލީ ހަބީބަކީ އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ޗާރޓަޑް އެކައުންޓިންޓެކެވެ. އޭނާ ވަނީ މީގެކުރިން އެޗްޑީސީގެ ބޯޑް ޑިރެކްޓަރުންގެ މަގާމް އަދާކުރައްވާފައެވެ. އަދި އެޗްޑީސީ ބޯޑްގެ އެކްޓިންގ ޗެއަރމަންގެ މަގާމް ދެ ދައުރެއްގައި އަދާކުރެއްވިއެވެ.

"ޕްރޮފެޝަނަލީ މަގާމްގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރެއްވޭނެ ވަރަށް ޒިންމާދާރު ގާބިލް ބޭފުޅެއް." ހީނާ ވިދާޅުވިއެވެ.

Advertisement

މިއަދު ރައްޔިތުންގެ މަޖިލިހުން ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ރުހުން ދެއްވި އަލްއުސްތާޛު އައްބާސް ޝަރީފްވެސް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސްޓޭޓް މިނިސްޓަރ ފެންވަރުގެ މަގާމެއްގައެވެ. އަހުމަދު އަލީ ހަބީބު ހުންނެވީ މިނިސްޓަރު ފެންވަރުގައެވެ. ރައީސް އޮފީހުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް މިނިވަން މުއައްސަސާތަކުގެ މަގާމްތައް ދެއްވާތީ ބައެއް ފަރާތްތަކުން ގެންދަވަނީ ފާޑުކިޔަމުންނެވެ.

ބީއެމްއެލްގެ ސީއޯއޯގެ މަގާމް ހުސްވީ އެމަގާމްގައި ހުންނެވި ކާލް ސްޓްމުކާ އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭނެ ގޮތަށް ބޭންކުން ނިންމި ނިންމުމާ ގުޅިގެން ސަރުކާރުގެ ނުރުހުން އަމާޒުވި ދަނޑުވަޅުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement