ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް ވިއްކާ ޑޮލަރު މިއަދުން ފެށިގެން އިތުރުކޮށްފި
ޑޮލަރު ވިއްކާ ލިމިޓް މަތިކުރީ ބޭހަށްދާ މީހުންނަށް

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް ވިއްކާ ޑޮލަރު މިއަދުން ފެށިގެން އިތުރުކޮށްފި

އާސަންދައާއި އެންސްޕާ ހަމަނުޖެހި ދާ މީހާއަށްވެސް 1000 ޑޮލަރު

9 months ago - 12:21
Aug 1, 2025 - 12:22
Advertisement
Advertisement

 

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް ވިއްކާ ޑޮލަރު މިއަދުން ފެށިގެން އިތުރުކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބުނީ އާސަންދަ ހަމަޖެހޭ ބަލި މީހަކަށް 2000 ޑޮލަރު މިއަދުން ފެށިގެން ވިއްކާނެ ކަމަށެވެ. އެންސްޕާ އެހީލިބޭ ބަލިމީހަކަށް ވިއްކަނީ 2000 ޑޮލަރާ ހަމައަށެވެ. އަދަދު ކަނޑައަޅަނީ އެންސްޕާއިންނެވެ. އެންސްޕާ އާއި އާސަންދަ ހަމަނުޖެހުނަސް ފަރުވާއަށް ބޭރަށްދާ މީހުންނަށް މިއަދުން ފެށިގެން 1000 ޑޮލަރު ވިއްކަން ވަނީ ނިންމާފައެވެ.

އެކަމަކު ޑޮލަރު އެއަދަދަށް ވިއްކާނީ ބޭރަށް ދާންޖެހޭކަން ބަޔާންކޮށް ޑޮކްޓަރު ދޭ ލިޔުމާއި, ރާއްޖެއިން ބޭރުން ޑޮކްޓަރަށް ދައްކަން ހައްދާ އެޕޮއިންޓްމަންޓްވެސް ޕޯޓަލްއަށް އަޕްލޯޑް ކުރަން ޖެހޭނެއެވެ.

ފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް ވިއްކާ ޑޮލަރުގެ ލިމިޓް އިތުރުކުރީ ރައީސުލްޖުމްހޫރިއްޔާ އެކަމަށް އެދިވަޑައިގަތުމުންނެވެ. އެކަން އިއުލާނުކުރެއްވީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement