ސޯޝަލް މީޑިޔާގައި ރައީސްއަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި
ރައީސްއަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި މަސީހު

ސޯޝަލް މީޑިޔާގައި ރައީސްއަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފި

ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން

9 months ago - 07:02
Aug 1, 2025 - 07:02
Advertisement
Advertisement

ސޯޝަލް މީޑިޔާގައި ރައީސްއަށް މަރުގެ އިންޒާރު ދިން މީހާ ހައްޔަރުކޮށްފިއެވެ. އެމައްސަލާގައި ފުލުހުން ހައްޔަރުކުރީ ތ.ތިމަރަފުށި, މަލަސް މަސީހު މޫސާ (25އ) އެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ. އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވީވެސް ރޭގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކުރުމަށްފަހު އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމައްސަލަކީ ޑްރަގް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާ ކުރަނީ ކަމަށް ރައީސުލްޖުމްހޫރިއްޔާއާ ހަވާލާދެއްވާ އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރު ޝެއަރކޮށް މަސީހު މަރުގެ އިންޒާރު ދިން މައްސަލައެވެ. މަސީހް މޫސާގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން އެޚަބަރު ޝެއަރކޮށް ލިޔެފައި ވަނީ 'އެންމެ ފުރަތަމަ މި (ހުތުރު ބަހެއް) މަރާލަންޖެހޭ' ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement