އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމަށް ރައީސް ހުށަހަޅުއްވައިފި
އުއްތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމަށް ހުށަހެޅުއްވީ ޢަބްދުލްޣަނީގެ ނަން

އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމަށް ރައީސް ހުށަހަޅުއްވައިފި

4 hours ago - 10:08
Aug 4, 2025 - 10:08
Advertisement
Advertisement

އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމަށް ރައީސް ހުށަހަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރު ކަމަށް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެމަނިކުފާނަށް ލަފާދެއްވާފައިވާ ކަމަށެވެ. އެހެންކަމުން އެކަމާމެދު ރައްޔިތުންގެ މަޖިލިހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންނަގަވާދެއްވުން އެދި ވަޑައިގެން ފޮނުއްވުމުން, ރިޔާސަތުން ވަނީ އެމައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ.

އުއްތަމަ ފަނދިޔާރުކަމަށް ހުޅުވާލުމުން ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. ޢަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ކުރިމަތިލެއްވީ ހައިކޯޓްގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި, އާއިލާއާބެހޭ ކޯޓްގެ ގާޒީ އަދި ކްރިމިނަލް ކޯޓްގެ ކުރީގެ އިސްގާޒީ ޢަބްދުالله މުޙައްމަދެވެ. ޣަނީ އަކީ ކުރިން ހައިކޯޓްގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމް ހުސްވީ އެމަގާމްގައި ކުރިން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރެއްވުމުންނެވެ.

 

Advertisement
Advertisement

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement