ކުއްލި ހާލަތްތަކުގައި 911 ބޭނުން ކުރުމުގެ މަޝްވަރާތައް ކުރަނީ
ހޯމް މިނިސްޓްރީން ކޯޑިނޭޝަން މީޓިންގ ކުރިއަށް ގެންދަނީ: ފޮޓޯ-ހޯމް މިނިސްޓްރީ

ކުއްލި ހާލަތްތަކުގައި 911 ބޭނުން ކުރުމުގެ މަޝްވަރާތައް ކުރަނީ

15 days ago - 11:40
Advertisement

ކުއްލި ހާލަތްތަކުގައި އެހީއަށް އެދެން އެއް ނަމްބަރެއް ބޭނުން ކުރުމުގެ މަޝްވަރާތައް ކުރަން ފަށައިފިއެވެ.

ހޯމް މިނިސްޓްރީ އިސްވެ އޮވެ އެމަޝްވަރާތައް ކުރަމުންދަނީ އެކަން ވަރަށް އަވަހަށް ތަންފީޒުކުރުމަށެވެ. އެގޮތުން ކުއްލި ހާލަތްތަކުގައި ގުޅަން ކަނޑައަޅާފައިވާ ނަމްބަރަކީ 911 އެވެ. މިއީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް ބޭނުން ކުރާ ނަމްބަރެކެވެ.

ހޯމް މިނިސްޓްރީން އިއްޔެ ވަނީ މިކަމުގެ މަޝްވަރާތައް ގުޅުންހުރި މުއައްސަސާތަކާއެކު ކޯޑިނޭޝަން ބައްދަލުވުމެއް ބާއްވާފައެވެ. ކުއްލި ހާލަތްތަކުގައި ގުޅާނެ އެއް ނަމްބަރެއް ކަނޑައަޅާ އެއިންތިޒާމްތައް ހަމަޖެއްސުން ހަވާލުކޮށްފައިވަނީ ހޯމް މިނިސްޓްރީއާއެވެ.

މިނިންމުން ނިންމީ ހެލްތް މިނިސްޓްރީން ސޯޝަލް ކައުންސިލަށް ހުށަހެޅި ކަރުދާހަކަށް ރިއާޔަތްކޮށެވެ. މިކަން އަވަހަށް ފަށަން ސޯޝަލް ކައުންސިލް ވަނީ ނިންމާފައެވެ.

Advertisement

ކުއްލި ހާލަތްތަކުގައި ގުޅާ ނަމްބަރުން ތަފާތު އެހި ހާދިސާތަކާއި ހާލަތްތައް ކުރިމަތިވުމުން އެހީއަށް އެދި ގުޅޭނެއެވެ. އެއީ ސިއްޙީ އިމަޖެންސީ ހާލްތަކާއި ނުރައްކާތެރި ހާދިސާތަކުގެ ވަގުތުގައިވެސް މެއެވެ. މިހާރު އެފަދަ އެކި ކަންކަމުގައި ގުޅަން ކަނޑައަޅާފައި އޮންނަނީ އެކި ނަމްބަރެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement