ފަތުރުވެރިކަން ދަމަހައްޓަން ދިވެހިގޮތްތައް ހިފެހެއްޓުން މުހިއްމު- ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު: ފޮޓޯ-ރައީސް އޮފީސް

ފަތުރުވެރިކަން ދަމަހައްޓަން ދިވެހިގޮތްތައް ހިފެހެއްޓުން މުހިއްމު- ރައީސް

15 days ago - 14:54
Advertisement

ފަތުރުވެރިކަން ދަމަހައްޓަން ދިވެހިގޮތްތައް ހިފެހެއްޓުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހީންގެ ޞުލުހަވެރި އޮމާން ދިވެހިގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރި ކަމަށެވެ. ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން ކަމަށެވެ.

"އެކުވެރިކަމާއި ހިތްހެޔޮ ކަމާއި, އަމާން ކަމާއި ރައްކާތެރިކަމެވެ. " ރައީސް ވިދާޅުވިއެވެ.

މިއަދު ފާހަގަކުރަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 52 އަހަރު ފުރުމެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް އަރައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement