ޢީދު ބަންދާއި ގުޅިގެން މި މަހުގެ 24 އާއި 25 ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައަޅައިފި
2026 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، އެ އަހަރުގެ މޭ މަހުގެ 24 ވާ އާދީއްތަ ދުވަހާއި، މޭ މަހުގެ 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، އަޟްޙާ ޢީދުގެ ބަންދު ދުވަސްތައް މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވައި، މުވައްޒަފުންނަށް އެކަމުގެ ފަސޭހަ ފޯރުކޮށްދިނުމަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޢީދު ބަންދުގައި އާއިލާއާއެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ސަރުކާރުގެ މުވައްޒަފުންނަށް މަގުފަހިކޮށްދެއްވުމެވެ.
މި ނިންމެވުމާއެކު، ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވޭނީ 2026 މޭ 31 ވާ އާދީއްތަ ދުވަހުއެވެ. މިއީ މިހާރުވެސް ކަލަންޑަރުގައިވާ ގޮތުގެ މަތިން ސަރުކާރު ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚެވެ.
މި ބަދަލާއެކު، 2026 ވަނަ އަހަރުގެ އަޟްޙާ ޢީދާ ގުޅިގެން ސަރުކާރުގެ މުވައްޒަފުންނަށް ދިގު ބަންދެއް ލިބިގެންދާނެއެވެ.
ރިއެކްޝަންސް





