20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނަށް އޮސްޓްރޭލިޔާގެ އެހީ ހޯދަނީ
އޮސްޓްރޭލިޔާ ސަރުކާރާްއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު: ފޮޓޯ-ހައުސިންގ މިނިސްޓްރީ

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނަށް އޮސްޓްރޭލިޔާގެ އެހީ ހޯދަނީ

15 days ago - 20:46
Advertisement

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނަށް އޮސްޓްރޭލިޔާގެ އެހީ ހޯދަން އެގައުމާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރެވެ. އޮސްޓްރޭލިޔާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް އެވެ.

20 އަހަރުގެ ގައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލަން ނިންމަވާ އެކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެވެ. ބޭރުގެ ފަންނީ ތަޖުރިބާކާރުންގެ އެހީ ހޯއްދަވާނެކަމަށް އޭރުވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް ރައީސް ވިދާޅުވީ ޕްލޭންގެ މަސައްކަތް ކުރުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ލީޑް ކުރައްވާނީ ދިވެހިން ކަމަށެވެ.

ގައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލީ ޤާނޫނީ ބާރުވެރިކަން ދީގެން ވަކި ޤާނޫނެއްވެސް ވުޖޫދުކޮށްގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ގައުމީ ތަރައްޤޫގެ ޕްލޭން ހެދުމުގައި ފުޅާ ދާއިރާއެއްގައި ހުރިހާ ދާއިރާއެއްގެ މީހުންގެ މަޝްވަރާ ހޯއްދަވާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ. އަދި އެމަޝްވަރާތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންވެސް ދެއްވިއެވެ.

https://x.com/MHLUDmv/status/1841795292959801812

Advertisement

އޮސްޓްރޭލިޔާއާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ފަށުން, އެގައުމުގެ ސަރުކާރުން ފަންޑްކުރާ ޔޫއެންޑީޕީގެ އިންޓަރގްރޭޓެޑް ގަވަރނަންސް ޕްރޮޖެކްޓްގެ ދަށުން 900,000 އޮސްޓްރޭލިޔަން ޑޮލަރު (9.4 މިލިއަން ރުފިޔާ ) ގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement