ހަނގުރާމަވެރި ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިތި 5 އާއިލާއެއް ރާއްޖެ ގެނެސްފި

ހަނގުރާމަވެރި ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިތި 5 އާއިލާއެއް ރާއްޖެ ގެނެސްފި

ރާއްޖެ ގެނެސްފައިވަނީ 15 ކުދިން 5 އަންހެނުންގެ އިތުރުން ފިރިހެނެއް

8 months ago - 13:28
Jan 16, 2024 - 18:16
Advertisement

ހަނގުރާމަވެރި ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިތިބި ދިވެހި 5 އާއިލާއެއް ރާއްޖެ ގެނެސްފައިވާ ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ހާމަކުރައްވައިފިއެވެ. 

މިއަދު ގެނެސްފައިވަނީ ހާލަުގައި ޖެހިފައިވާ 15 ކުޑަކދުިންނާއި 5 އަންހުންގެ އިތުރުން ފިރިހެނެއް ކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއްވިއެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނު ވިދާލުވީ ރާއްޖެ ގެނައި ފަސް އާއިލާއަކީ ދިވެހިންކަން ކަށަވަރު ކުރުމަށްޓަކައި ޑީ.އެން.އޭ ހަދާފައިވާ ކަމަށާއި އެ އާއިލާތައް ރާއްޖެ ގެނައުމުގެ މަސައްކަތް ފެއްޓެވީ ދިވެހިންކަން ކަށަވަރު ވުމުން ކަމަށެވެ. 

ސަރުކާރުން ވަނީ ހަނގަުރާމަވެރި ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހީން އަނބުރާ ރާއްޖެ ގެނެސް ދިވެހި މުޖުތަމައަށް ދޫކޮށްލުމުގެ ކުރިން އެމީހުން ރީހެބިލިޓޭޓް ކުުރުމަށްޓަކައި ޚާއްސަ މަރުކަޒެއް ގާއިމްކޮށްފައެވެ. 

Advertisement

މިއީ ހަނގުރާމަވެރި ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި ދިވެހިން ރާއްޖެ ގެނައި ދެވަނަ ފަހަރެވެ. 

މީގެ ކުރިން 2022 ވަނަ އަހަރު ގެނެސްފައިވާ އާއިލާ މިހާރު ވަނީ ދޭންޖެހޭ އެކިއެކި ފަރުވާއާއި ކައުންސެލިންފަދަ ޚިދުމަތްތައް ދިނުމަށްފަހު މުޖުތަމައަށް ދޫކޮށްލާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement