9 ރަށެއްގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް އަޅަން ހަވާލުކޮށްފި
9 ރަށެއްގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް އަޅަން ހަވާލުކޮށްފިއެވެ. އެކި ރަށްރަށުގައި މަރުކަޒުތައް އަޅަން ހެލްތް މިނިސްޓްރީން ހަވާލުކުރެއްވީ އެކު ކުންފުނިތަކާއެވެ.
4 ރަށެއްގައި މަރުކަޒު އަޅަން ހަވާލުކުރެއްވީ އެމްޓީސީސީއާއެވެ. އެކުންފުންޏާއެކު ސޮއިކުރެއްވީ ތ.ވިލުފުށި ހޮސްޕިޓަލް, ވ.ފެލިދޫ ހޮސްޕިޓަލް, ށ.މާއުނގޫދޫ ޞިއްޙީ މަރުކަޒު އަދި ނ.ފޮއްދޫ ޞިއްޙީ މަރުކަޒުގެ މަސައްކަތެވެ. 
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާވެސް ހަތަރު ރަށެއްގެ މަރުކަޒުގެ މަސައްކަތް ހަވާލުކުރިއެވެ. އާރުޑީސީއާއެކު ސޮއިކުރެއްވީ ހދ.ހަނިމާދޫ ހޮސްޕިޓަލް, އދ.މާމިނގިލި ހޮސްޕިޓަލް, ކ.ގާފަރު ޞިއްޙީ މަރުކަޒު އަދި ކުޅުދުއްފުށި ދަމަނަވެށީގެ މަސައްކަތެވެ.
މީގެއިތުރުން ފެނަކައާ ހަވާލުކުރެއްވީ ހދ.މަކުނުދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތެވެ. މި މަޝްރޫޢުތަކަކީ 627 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެވެ.
ރިއެކްޝަންސް
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                


        






                                                                                                                                            
                                                                                                                                            
                                                                                                                                            
