އަނެއްކާވެސް މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި، މިފަހަރު އަންހެނެއް
މިދިޔަ އަންގާރަ ދުވަހު މާލެއިން މީހަކު ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާނުކޮށްފައި ވަނިކޮށް, އަނެއްކާވެސް މާލެއިން އަންހެނަކު ގެއްލިގެން ހޯދުމަށް ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. 
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ އުމުރުން 31 އަހަރުގެ ހ. ބްލޫލޫން، ހައްވާ ހަސަންކަމަށެވެ.
ހައްވާ ހަސަން ގެއިން ދިޔަފަހުން ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. 
މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށް ފުލުހުންގެ ކަމާގުޅުންހުރި ބަހާތަކަށް މައުލޫމާތު ހިއްސާކޮށް މަސައްކަތް ފެށިކަމަށާއި، ނަމަވެސް، އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާކަން ފުލުހުން ވިދާޅުވިއެވެ. 
ޙައްވާ ޙަސަންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަށް ލަސްނުކޮށް މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އާއްމުންގެ ކިބައިން އެދިފައެވެ. 
މިދިޔަ އަންގާރަ ދުވަހު މާލެއިން ގެއްލިގެން ހޯދުމަށް އިއުލާނު ކޮށްފައިވާ ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުﷲ ޝިހާދު ފެނިފައިވާކަން ފުލުހުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.  
ރިއެކްޝަންސް
                    
                
                    
                
                    
                
                    
                
                    
                
                    
                
                    
                


        




                                

                                                                                                                                            
                                                                                                                                            
                                                                                                                                            
