
ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް- ރައީސް މުއިއްޒު
ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާޒީއާއި މިއަދު އަދި މާދަމާވެސް، ދިވެހީންގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހިބަސް ކަމަށެވެ.
" ދިވެހިރާއްޖެ، ދިވެހިވަންތަ، ދިވެހިދިދަ ފަދަ ދިވެހީންގެ އަމިއްލަވަންތަކަމާއި ސިޔާދަތު ރަމްޒުކޮށްދޭ ކޮންމެ ލަފްޒެއްވެސް ގުޅިފައިވަނީ "ދިވެހި"ބަހާ." ރައީސް ވިދާޅުވިއެވެ.
މިފަދައިން ރައީސް ވިދާޅުވެފައި މިވަނީ ބަސް ކޮމިޓީން އަލަށް އުފެއްދި ބަސްތަކަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.
ރިއެކްޝަންސް






