80% މީހުން އެދޭނަމަ ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދޭނަން- ރައީސް
ރައީސް މުއިއްޒު ރަކީދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

80% މީހުން އެދޭނަމަ ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދޭނަން- ރައީސް

3 hours ago - 14:50
Sep 20, 2025 - 14:50
Advertisement
Advertisement

ރަށުގެ %80 މީހުން އެދޭނަމަ ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ވ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފަހު ރަށެއްގެ ގޮތުގައި އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އެޔަގީންކަން ދެއްވީ އެހެން ރަށަކަށް ބަދަލުވުމުގެ ޝައުގުވެރިކަން ރައްޔިތުންގެ ތެރެއިން ފާޅުކުރެއްވުމުންނެވެ. ރައީސް ވިދާޅުވީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިކަމުގައި ގޮތެއް ނިންމަވާނީ، ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެގޮތަކީ، ރަށުގެ އާބާދީގެ އެންމެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދޭ ގޮތަށް އެގޮތް ވުން ކަމަށެވެ.

ވ. ރަކީދޫއަކީ އާބާދީ މަދު ރަށު ފަތުރުވެރިކަން ތަރައްޤީވެ، ކުރިއަރަމުން އަންނަ ރަށެކެވެ. އެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އާބާދީއާ ތަރައްޤީ އެއްފަސްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، މިކަމަށްވެސް ސަރުކާރުން ރިޢާޔަތްކުރައްވާނެ ކަމަށެވެ.

ރަކީދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމްގެ ޚިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މިއާއެކު، ފެލިދެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީ.އެމް.އެލްގެ އޭ.ޓީ.އެމް ޚިދުމަތް ދޭން ވަނީ ފެށިފައެވެ.

Advertisement
Advertisement

ވ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ފ.އަތޮޅަށް ވަޑައިގެންފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement