ވިޔަފާރިއެއް ކުރަން އެމްޑީޕީގެ ގައުމީ މަޖިލިހުން ފާސްކޮށްފި
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ރިޔާސަތުގައި ފައްޔާޒު: ފޮޓޯ-އެމްޑީޕީ

ވިޔަފާރިއެއް ކުރަން އެމްޑީޕީގެ ގައުމީ މަޖިލިހުން ފާސްކޮށްފި

16 days ago - 09:22
Advertisement

ވިޔަފާރިއެއް ކުރަން ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލިހުން ފާސްކޮށްފި އެވެ. އިދިކޮޅު ޕާޓީގެ ގައުމީ މަޖިލިހުން މިގޮތަށް ފާސްކުރީ ޕާޓީގެ މާލީ ހާލަތު ރަނގަޅު ކުރުމަށެވެ. އެމްޑީޕީން ފާސްކުރީ ވިޔަފާރިއެއް ކުރަން ޤާނޫނީ ނިޒާމްގެ ތެރެއިން ފުރުޞަތު ހޯދައިގެން އެކަން ކުރުމަށެވެ.

ޗެއަރޕަސަން ފައްޔާޒު އިސްމާއީލް ހުށަހެޅުއްވީ ވިޔަފާރިއެއް ކުރުމަށް ޤާނޫނީ ނިޒާމެއް ހޯދުމަށްފަހު އެގޮތަށް ކުރިއަށް ދިއުމަށެވެ. ފައްޔާޒު ވިދާޅުވީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ޕާޓީތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމަށް ބައެއް ކަހަލަ ވިޔަފާރިތައް ކުރުމުގެ ފުރުޞަތު ލިބޭ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 34 ވަނަ މާއްދާގައި އެކަން ބަޔާންކޮށްފައި ވެއެވެ. އެމާއްދާގައި ބުނަނީ ވިޔަފާރި މުއާމަލާތްތަކުން ޕާޓީތަކަށް ފައިސާ ހޯދިދާނެ ކަމަށެވެ. ޕާޓީ ހަރުދަނާކޮށް ކުރިއަށް ގެންދަން ވަރަށް ބައިވަރު ފައިސާ ބޭނުންވާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

"މިވަގުތު އަޅުގަނޑުމެން މިހިސާބަށް އާދެވުނު އިރު, 19 އަހަރު ވެގެންދިޔައިރު އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް މާލީ މިނިވަންކަމާއި ތަނަވަސްކަން ހޯދިފައެއް ނެތް" ފައްޔާޒު ވިދާޅުވިއެވެ.

Advertisement

އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަނީ އަންނަ އަހަރުގެ ކުރީކޮޅު ނުވަތަ މެދުތެރޭގައި ކޮންގްރެސް ބޭއްވުމަށެވެ. މިވަގުތު ރައްޔިތުންގެ މަޖިލިހުގައި އެޕާޓީގެ ތިބީ 12 މެމްބަރުންނެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement