ހަކަތައިގެ ސިޔާސަތު އިފްތިތާހު ކޮށްފި
ކުރިއަށް އޮތް ފަސް އަހަރަށް ސަރުކާރުން ކަނޑައެޅި ހަކަތައިގެ ސިޔާސަތު އިފްތިތާހު ކޮށްފި އެވެ. ސިޔާސަތު އިފްތިތާހުކޮށްދެއްވީ މޫސުމާއި, ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިޤު އިބްރާހީމް އެވެ.
މިއީ 2024-2029 އަށް އެކަށައެޅި ހަކަތައިގެ ސިޔާސަތެވެ. ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތާއި އިސްތިރާޖީތައް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ޔުޓިލިޓީ ކުންފުނިތަކުން ބައިވެރިވިއެވެ.
މިސިޔާސަތުގެ މައިގަނޑު އަމާޒަކަށް އޮތީ ކޮޕް ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމެވެ. އެގޮތުން ރާއްޖެއަށް އިމްޕޯރޓްކުރާ ތެލަށް ބަރޯސާ ވާވަރު ކުޑަކުރުމާއި, ރާއްޖެއިން ލިބެންހުރި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަ އިތުރުކުރުން ހިމެނެއެވެ.
ތެލަށް ބަރޯސާ މިންވަރު ކުޑަކުރުމަށް 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ %33 އަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް މުއިއްޒުގެ އަމާޒެވެ. އެކަން މިނިސްޓްރީން މިއަދު ވަނީ ފާހަގަވެސް ކުރައްވާފައެވެ.
2021 ވަނަ އަހަރު ރާއްޖެއިން ވަނީ ހަކަތައިގެ ޤާނޫނެއްވެސް ހަދާފައެވެ.
ރިއެކްޝަންސް