ކުނި މެނޭޖްކުރަން ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ދީފި
ތަކެތި ހަވާލުކުުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ-އެންވަޔަރަމަންޓް މިނިސްޓްރީ

ކުނި މެނޭޖްކުރަން ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ދީފި

10 hours ago - 16:33
Advertisement

ކުނި މެނޭޖްކުރަން ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ދީފި އެވެ.

ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް ދިނީ އއ, އދ އދ, ވ, އަދި ކ.އަތޮޅުގެ 18 ރަށަކަށެވެ. މީގެ އިތުރުން ކުނި އެއްކުރަން ބޭނުންކުރާ ބިން އަދި ކުނި ރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން 15 ރަށަކަށް ދިން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

މިތަކެތި އެރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްދެއްވި ސާފުރާއްޖެ ބިލްޑިންގްގެ ސެމިނަރ ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ކުލައިމެޓްޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީ ޠާރިޤް އިބްރާހިމްއެވެ.

މިސާމާނު ހަދިޔާކުރީ ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުންނެވެ. މިއީ މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ޕްރޮގްރާމެކެވެ.

Advertisement

ސާމާނު ހަދިޔާ ކުރެއްވުމަށް ފަހު މިނިސްޓަރ ތާރިގު ވިދާޅުވީ ރާއްޖޭގައި ކުނި އުފައްދާ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނަކަމަށެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ވިދާޅުވީ  ކުންޏަކީ ދިވެހިރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮނޑު އެއް މައްސަލަ ކަމަށެވެ. އެހެންކަމުން ހަވާލުކުރި ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނެވި އުސޫލެއްގެ ތެރެއިން ރަށުފެންވަރުގައި ކުނި މޭނޭޖްކުރުމަށް އެމަނިކުފާނު ކައުންސިލްތަކަށް ގޮވާލެއްވިއެވެ.

މިއީ ކުނި ނޭޖްކުރުމުގެ ޤާނޫން އަދި މަގޭސާފުރާއްޖެ ސިޔާސަތާއި ސްޓްރެޖީތަކާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒަމާނީ ފެންވަރަކަށް ކުނިމެނޭޖްކުރުމުގެ ވަކި މިންގަޑަކަށް ފެއްތުމުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަވާލުކުރި ވަސީލަތްތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement