ބަނގްލަދޭޝް އަތުން ރާއްޖޭގެ ޒުވާން ޓީމް ޕޮއިންޓެއް ހޯދައިފި
މެޗުގައި ބަނގްލަދޭޝްގެ އެޓޭކެއް ރާއްޖޭގެ ކީޕަރު މަތަކުރަނީ: ފޮޓޯ-ސާފް

ބަނގްލަދޭޝް އަތުން ރާއްޖޭގެ ޒުވާން ޓީމް ޕޮއިންޓެއް ހޯދައިފި

26 days ago - 20:10

ބޫޓާންގައި ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބަނގްލަދޭބް އަތުން ރާއްޖެ ޕޮއިންޓެއް ހޯދައިފިއެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަނގްލަދޭޝް އަތުން ޕޮއިންޓެއް ހޯދީ 1-1 ން މެޗު އެއްވަރު ކޮށްގެންނެވެ. މެޗު ރާއްޖެއިން އެއްވަރުކުރީ ބަނގްލަދޭޝްއިން ފުރަތަމަ ލަނޑުޖަހާ ކުރިހޯދާފައި ވަނިކޮށެވެ. ބަނގްލަދޭޝްއިން ލީޑް ނެގީ ދެވަނަ ހާފްގެ ކުރީކޮޅު އެވެ. ރާއްޖެއިން ނަތީޖާ އެއްވަރުކުރީ މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ކެޕްޓަން މުޙައްމަދު އިލާން އިމްރާންއެވެ. ޑީއޭރިޔާ ތެރެއިން އޭނާ ތިރިތިރިން ގޯލްގެ ދުރު ކަނަށް ފޮނުވާލީ ކީޕަރަށް ކުރިއަށް ޖެހިލި ވަގުތު ފުރުޞަތެއް ނުދީއެވެ. މެޗުން ރާއްޖެ ބަލިނުވެ ސަލާމަތް ވުމުގައި ކީޕަރު މާހިލްގެ ހުށިޔާރުކަން ވަރަށް ބޮޑެވެ.

މިގްރޫޕްގައި ބަނގްލަދޭޝް ވަނީ ފުރަތަމަ މެޗުގައި އިންޑިޔާ އަތުން ބަލިވެފައެވެ. އެމެޗު އިންޑިޔާ ކާމިޔާބުކުރީ 1-0 ނެވެ. ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ފައުނަލްގައި ވާދަކުރި އިންޑިޔާއާއި ބަނގްލަދޭޝްއާ އެއް ގްރޫޕެއްގައެވެ. ޗެމްޕިއަން އިންޑިޔާ އަތުން ޕޮއިންޓެއް ހޯދައިގެން ރާއްޖެއަށް ސެމީފައިނަލް ގެ ފުރުޞަތު ލިބޭނެއެވެ.

މެޗަށްފަހު ރާއްޖޭގެ ކޯޗު މުޙައްމަދު އާދަމް ބުނީ މެޗުން މޮޅުވީ ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ހިތްވަރުން ކަމަށެވެ. ކުދިން މެޗު ކުޅުނީ މޫސުމުގެ އުނދަގުލާވެސް އެކު ބަލިކޮށް ތިބެ ކަމަށް މުހައްމަދު ބުންޏެވެ. މެޗުން މޮޅުވިޔަސް ރާއްޖޭގެ ޓީމަށް އަސްލު ގޭމް ނުކުޅެވުނު ކަމަށާއި, އެކަމަކު މިޕޮއިންޓާއެކު އިންޑިުޔާ މެޗަށް އިތުރަށް މޯޓިވޭޓް ވެފައިވާ ކަމަށް ބޫޓާންގައި ހުރެ މުހައްމަދު ބުންޏެެވ. 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow