
ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި 18 އަހަރުގެ ޒުވާނަކަށް އަނިޔާވެ ފަރުވާއަށް އައްޑޫއަށް
ފުވައްމުލަކުގައި ރޭ ހިންގި މާރާމާރީއެއްގައި 18 އަހަރުގެ ދިވެހި ޒުވާނަކަށް އަނިޔާވެ، އިތުރު ފަރުވާއަށް އައްޑޫއަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މައްސަލަ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ 8:54 ހާއިރު ކަމަށެވެ. މި މާރާމާރީގައި އަނިޔާވި ޒުވާނާގެ ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސް، ކަނާތްފަރާތު ކޯމަތި ދުޅަވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






