
ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދޭން އައްޑޫ ސިޓީއަށް
ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދޭން އައްޑޫ ސިޓީއަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ މީހެއްގެ ގައިގަ ޖަހާ މާރާމާރީ ހިންގީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުންނަށް މައްސަލަ ރިޕޯރޓް ކޮށްފައި ވަނީ ރޭ 8:45 ހާއިރު އެވެ. މިމާރާމާރީގައި އަނިޔާވީ 18 އަހަރުގެ ދިވެހި ޒުވާނަކަށެވެ. ފުލުހުން ވިދާޅުވީ އެޒުވާނާގެ ނޭފަތާ އަނގަމަތި ފެޅިފައިވާ ކަމަށެވެ. ކަނާތު ކޯމަތިވެސް ދުޅަވެ ބޭރުފުށުން އެހެން ކުދި އަނިޔާވެސް ފެންނަން ހުރި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އިތުރު ފަރުވާއަށް އައްޑޫ ސިޓީއަށް ގެންގޮސް, ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް






