ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ދެ ފަނޑިޔާރުންނަށް ރުހުން ދީފި
ސްޕްރީމް ކޯޓަށް އައްޔަންކުރައްވާ ދެ ފަނޑިޔާރުން

ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ދެ ފަނޑިޔާރުންނަށް ރުހުން ދީފި

10 months ago - 10:40
Jun 11, 2025 - 10:40
Advertisement
Advertisement

ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ހައިކޯޓްގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި, އެކޯޓްގެ ކުރީގެ ފަނޑިޔާރު ޢަބްދުالله ހަމީދަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފަނޑިޔާރު ސަލީމަށް ރުހުން ދެއްވީ 61 މެމްބަރުންގެ ވޯޓުންނެވެ. ފަނޑިޔާރު ޢަބްދުالله ސައީދަށް ރުހުން ދެއްވީ 60 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.

ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވީވެސް އެދެބޭފުޅުންގެ ނަންފުޅެވެ. ރައީސް މަޖިލިހަށް ފޮނުއްވީވެސް އެދެބޭފުޅުންގެ ނަންފުޅެވެ.

ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުންގެ މަގާމް ހުސްވީ ސްލޫކީ މައްސަލައެއް ބަލާ ޑރ.އަޒްމިރަލްދާ ޒާހިރު އާއި އަލްއުސްތާޛު މަހާރު އަލީ ޒާހިރު ވަކިކުރުމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement