ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އަކަށް ޝަރީފް އައްޔަން ކުރައްވައިފި
ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ ޝަރީފް: ފޮޓޯ-ބީއެމްއެލް

ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އަކަށް ޝަރީފް އައްޔަން ކުރައްވައިފި

2 days ago - 18:32
Oct 17, 2024 - 13:13
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފުރަތަމަ ދިވެހި ސީއީއޯ އަކަށް މުހައްމަދު ޝަރީފް އައްޔަން ކުރައްވައިފި އެވެ. މުޙައްމަދު ޝަރީފް އަކީ ކުރިން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯކަން އަދާކުރެއްވި ބޭފުޅެކެވެ.

ބޭންކް އޮފް މޯލްޑިވްސް އަށް ސީއީއޯ އެއް ހޯދަން ޢާއްމުކޮށް އިއުލާނުކުރުމުން އެމަގާމަށް ކުރިމަތިލެއްވި ހަމައެކަނި ދިވެއްސަކީ ޝަރީފް އެވެ. ބޭރު މީހަކު މަގާމަށް ކުރިމަތިލީކަން ސާފެއް ނޫނެވެ.

ޝަރީފް ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން ބޭންކުން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. ބޭންކުން ބުނީ ބޭންކަށް އިތުރު ކުރިއެރުމާއި, ރާއްޖޭގެ މާލީ ސެކްޓަރ އަށް ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. މީގެކުރިން ބޭންކުން ގެނައި މުހިއްމު ބަދަލުތަކުގައިވެސް ޝަރީފް ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.

މަގާމްގެ މަސްއޫލިއްޔަތާ މާދަމާ ޝަރީފް ހަވާލުވެވަޑައިގަންނަވާނެ އެވެ. ޝަރީފަކީ ކުރިން ބީއެމްއެލްގައި 25 އަހަރު މަސައްކަތް ކުރެއްވި މާލީ ދާއިރާއާއި ބޭންކިންގ ޚިދުމަތުގެ ތަޖުރިބާކާރެކެވެ. ޝަރީފް ވަނީ އިނގިރޭސިވިލާތުން އެމްބީއޭ ހާސިލް ކުރައްވާފައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement