އިޒްރާއީލްއާ މެދު އެމެރިކާގެ ދެކޮޅު ނުޖެހޭ ސިޔާސަތު: ސިފައިން ފޮނުވުމާއި އިޒްރާއިލްއަށް ދޭ އެހީ މެދުކަނޑަލާނެ ކަމުގެ އިންޒާރު
އެމެރިކާގެ ސިފައިންގެ މީހެއް, އެމެރިކާއިން ވަނީ 100 ސިފައިން އިޒްރާއިލްއަށް ފޮނުވާފަ, ފޮޓޯ: އަލް ޖަޒީރާ

އިޒްރާއީލްއާ މެދު އެމެރިކާގެ ދެކޮޅު ނުޖެހޭ ސިޔާސަތު: ސިފައިން ފޮނުވުމާއި އިޒްރާއިލްއަށް ދޭ އެހީ މެދުކަނޑަލާނެ ކަމުގެ އިންޒާރު

2 days ago - 18:25
Oct 16, 2024 - 19:56

އިޒްރާއިލްގެ އެންޓައި-މިސައިލް ސިސްޓަމް ވަރުގަދަކުރުމަށް އެމެރިކާއިން ސިފައިގެން ފައުޖެއް އިޒްރާއިލްއަށް ފޮނުވައިފިއެވެ. އަސްކަރީ ތަމްރީނު ލިބިފައިވާ 100 ސިފައިންގެ ތެރެއިން އެއްބަޔަކު މިހާރު އިޒްރާއިލް އަށް އެރެތެވެފައިވާ ކަމަށް ވޮޝިންގްޓަން އިން ވަނީ ބުނެފައެވެ. މިއާއެކު އިޒްރާއިލްއިން ޣައްޒާ އާއި ލުބުނާނުގައި ކުރަމުންދާ ހަނގުރާމާއިގައި އެމެރިކާގެ ހިއްސާ އޮތްވަރު މިވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.

އެމެރިކާއިން އިޒްރާއިލްއަށް ބޮޑު ފައުޖެއް ފޮނުވާފައިވާއިރު ދާދިފަހުން އީރާނުން އިޒްރާއިލްގެ އަސްކަރީ މަރުކަޒުތަކަށް ވަނީ ވައިގެ ހަލާތަކެއް ދީފައެވެ. އެހެންކަމުން އެމެރިކާއިން ސިފައިން ފޮނުވީ މިސައިލް ހަމަލާގެ ބަދަލުހިފަން އިޒްރާއިލްއިން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ކަމުގައި މަޝްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިއާއެކު ހަނގުރާމައިގައި އެމެރިކާ ބައިވެރިވުމުގައި ޤާނޫނީ ހައިސިއްޔަތު އޮތް މިންވަރާމެދުވެސް މިވަނީ ސުވާލު އުފެދިފައެވެ. އެއީ ނޮވެމްބަރު 5 ވަނަ ދުވަހު އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވާއިރު, މިހާރުގެ ރައީސް ޖޯއި ބައިޑެންގެ މަޤްބޫލްކަން އެމެރިކާގައި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ބައިޑެންގެ މަޤުބޫލުކަން ދަށަށް ގޮސްފައިވަނީވެސް އިޒްރާއިލް އަށް ތާއީދުކޮށް ހަނގުރާމައިގެ ޖަރީމާގައި އެމެރިކާގެ ސަރުކާރުގެ ހިއްސާ އޮތް މިންވަރާމެދު އާންމުންގެ ނުތަނަވަސްކަން ބޮޑުވެފައިވާތީއެވެ.

ހަމަ މިދަނޑިވަޅުގައި އެމެރިކާއިން ވަނީ އިޒްރާއިލްއަށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތީ ގޮތުން ހުއްޓަލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. ޤައުމުތަކަށް އިންސާނީ އެހީގެ ތަކެތި ވެއްދުމަށް ހުރަސްއަޅާ ގަޢުމުތަކަށް ހަތިޔާރު ވިއްކުން މަނާކުރަން ޤާނޫނަށް ބަދަލުގެންނާނެ ކަމަށް އެމެރިކާއިން ބުނެފައިވާއިރު, ޣައްޒާއަށް މާޗުމަހުން ފެށިގެން އިންސާނީ އެހީގެ ޓްރަކްތައް ވަނުމަށް އިޒްރާއިލްއިން ދަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ. އަދި އުތުރު ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޯށްދެވޭނެ ހުރިހާ މަގެއްވެސް އިޒްރާއިލްއިން ބަންދުކޮށްފައި އޮންނަތާ އަށް މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ނަމަވެސް އެމެރިކާއިން މިހެން ބުނެފައިވާ ދަނޑިވަޅުގައި އިޒްރާއިލްގެ އެންޓައި-މިސައިލް ސިސްޓަމް ތަރައްޤީކުރަން އެމެރިކާ ސިފައިންގެ ބޮޑު ފައުޖެއް ފޮނުވުމަކީ އެމެރިކާގެ ސިޔާސަތުގެ ދޯހަޅިކަން ހާމަވާކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި މި އަމަލުގެ ސަބަބުން އެމެރިކާއިން ޣައްޒާއަށް ހެޔޮނިޔަތުގައި ހަނގުރާމަ ހުއްޓާލުމަށް މަގުފަހިވެދާނެ ކަމެއް ކުރާނެ ކަމާމެދު ވަނީ ސުވާލުއުފެދިފައެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން, އެމެރިކާއިން އިޒްރާއިލްއަށް ހަތިޔާރު ފޯރުކޮށް ނުދޭނެ ކަމަށް ބުނުމާއި އެމެރިކާގެ ސިފައިން އިޒްރާއިލްއަށް ފޮނުވުން މީ އެއްދުވަހުގެ ތެރޭގައި ހިނގި ދެކަންތަކެވެ. އާދިއްތަ ދުވަހު އެމެރިކާގެ އޮފިޝަލުން ޣައްޒާގެ އިންސާނީ ހާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން އިޒްރާއިލްއިން ނުކުރާނަމަ އޭގައި އިޒްރާއިލްއިން ދައްކަންޖެހޭނެ އަގާ ބެހޭގޮތުން އިޒްރާއިލްއަށް ސިޓީއެއް ފޮނުވާފައިވާކަމަށް އަލް ޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް އަޅާނީ ކޮން ފިޔަވަޅުތަކެއް ކަމެއް ސިޓީގައި ބަޔާންކޮށްފައި ނުވާކަމަށްވެސް ރިޕޯޓް ބުނެއެވެ.

އަންގާރަ ދުވަހު ސްޓޭޓް ޑިޕާޓްމަންޓުން ބޭއްވި ނިއުސް ބްރީފިން އެއްގައިވެސް ތަރުޖަމާނު މެތިއު މިލާ ވަނީ އެ ތަފްޞީލްތައް ދިނުމަށް ދެކޮޅުހަދާފައެވެ. "އަހަރެން މިއަދު އެކަމާ ބެހޭގޮތުން ވާހަކައެއް ނުދައްކާނަން" ރިޕޯޓަރުންގެ ސުވާލުތައް ކުރިމަތުވުމުން މިލާ ބުނެފައިވެއެވެ. 

އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އަދި ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ފޮނުވާފައިވާކަމަށް ބެލެވޭ ލީކުވެފައިވާ ސިޓީގައި ވާގޮތުން އިޒްރާއިލްގެ ޑިފެންސް މިނިސްޓަރ ޔޮއޯވް ގެލަންޓް އަށް އެމެރިކާއިން ވަނީ 30 ދުވަހުގެ މުހުލަތެއް ދީފައެވެ. އެގޮތުން ޣައްޒާގެ އިންސާނީ ހާލަތު ދައްވެގެންދިޔަ ނުދިނުމަށް ފިޔަވަޅުތަކެއް އެޅުމަށް ސިޓީގައި ބަޔާންކޮށްފައިވާ ކަމަށްވެސް އަލް ޖަޒީރާގައި ރިޕޯޓްކޯށްފައިވެއެވެ. މި 30 ދުވަހުގެ މުއްދަތު ހަމަވާނީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ފަހުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow