ޣައްޒާގައި އިންސާނީ އެހީ ހޯދަން ކިއޫގައި ތިބުމަކީވެސް މަރުގެ ދަންތުރައެއް, މިހާތަނަށް 163 މަރު
ކާބޯތަކެތި ހޯދަން މީހުން އެއްވެފައިއޮތް ތަނަކަށް އިޒްރާއިލްއިން ދިން ހަމަލާގައި ޝަހީދުވެފައިވާ ހަށިތައް. ފޮޓޯ: އަލީ ޖާދުالله

ޣައްޒާގައި އިންސާނީ އެހީ ހޯދަން ކިއޫގައި ތިބުމަކީވެސް މަރުގެ ދަންތުރައެއް, މިހާތަނަށް 163 މަރު

1 day ago - 11:34
Jun 11, 2025 - 11:37

ޣައްޒާގެ 2.3 މިލިއަން މީހުން ބަނޑަށް ބައިތިއްބާފައި ތިބޭތާ ތިން މަސްފަހުން އިޒްރާއިލްއާއި އެމެރިކާއިން ބަހަމުންދާ މަދު އަދަދެއްގެ ކާބޯތަކެތި ހޯދަން ކިއޫގައި ތޮށްޖެހިފައި އޮތް މީހުންގެ ތެރެއަށް އިޒްރާއިލްއިން ދިން ހަމަލާތަކުގައި މިހާތަނަށް 163 މީހަކު ޝަހީދުވެފައިވާކަމަށް ސިއްހީ މަސްދަތުރައް ބުނެފިއެވެ.

'މަރުގެ ދަންތުރަ' ތަކެއް ގޮތަށް ސިފަކޮށްފައިވާ 'އިންސާނީ އެހީ ބަހާ' ހަތަރު ޕޮއިންޓެއް ޣައްޒާގައި އެމެރިކާ-އިޒްރާއިލްއިން ވަނީ ޤާއިމްކޮށްފައެވެ.

އެތަންތަނުން ލިބޭ މަދު ކާއެތިކޮޅަށްޓަކައި އެއްވެފައި ތިބި މީހުންގެ ތެރެއަށް އިޒްރާއިލްއިން ދިން ހަމަލާތަކުގައި ރޭ އެކަނިވެސް ވަނީ 36 މީހަކު ޝަހީދުވެފައެވެ. ރޭގެ ހަމަލާ ތަކުގައި އެކަނިވެސް 207 މީހަކު ޒަހަމް ވެފައި ވެއެވެ. އެހީ ބަހަންފެށި ފަހުން އެތަންތަނަށް އަމާޒުކޮށް ދޭ ހަމަލާތަކުގައި މިހާތަނަށް 1,495 މީހަކު ޒަހަމް ވެފައިވާކަމަށް ސިއްހީ މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

20 މަސްދުވަސް ވަންދެން އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލްއާންމާއެކު, ތިން މަަސް ދުވަސްވަންދެން ޣައްޒާ އިންސާނީ އެހީއަށް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ޣައްޒާއަށް ވަނީ ހައިހޫނު ކަމުގެ އިންސާނީ ކާރިޘާއެއް ކުރިމަތިވެފައެވެ.

Advertisement
Advertisement

އެމެރިކާ އާއި އިޒްރާއިލް އިން އުފައްދާގައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން ކާބޯތަކެތި ބަހަލުމްދާއިރު އެތަންތަނަކީ އިޒްރާއިލްގެ އަސްކަރީ ޒޯންތަކެވެ. އެހެންކަމުން މީޑިއާ އަދި އދ ށްވެސް އެސަރަހައްދުތަަކަށް ވަނުމުގެ ހުއްދައެއް ނޯވެއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ އެސޯސިއޭޓަޑް ޕްރެސް އިން ބުނެފައިވާ ގޮތުގައި ރޭ 2 ޖެހިއިރު އުތުރު ޣައްޒާގައި ކާބޯތަކެތި ބަހާ ޕޮއިންޓެއް ކައިރީގައި ޔަހޫދީ ސިފައިން ވަނީ އާންމުންނާ ވަރަށް ކައިރިން ބަޑިޖަހާ ދެ މީހަކާއި ކުޑަކުއްޖަކު މަރާލާ 130 ހެއްހާ މީހުން ޒަހަމްކޮށްލާފައެވެ.

ކާބޯތަކެތީގެ ކުޑަމިންވަރެއްވެސް ލިބޭތޯ އާންމުން އަންނަނީ ދަންވަރުން ފެށިގެންވެސް ކާބޯތަކެތީ ބަހާ ޕޮއިންޓްތައްކައިރީގައި ސަފުހަދަމުންނެވެ. 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow