
ސަރުކާރުގެ ތަރައްޤީގެ ބިޔަ މަޝްރޫއާއެކު ކަޝްމީރުގެ 'ދިރިއުޅުމުގެ ނާރު' ގެއްލިދާނެކަމުގެ ބިރު ހީވެފައި
ސްރީ ނަގަރް, އިންޑިއާގެ ފަޅީގެ ކަޝްމީރު - މޯދީގެ ސަރުކާރުން ކަޝްމީރުގައި ހިންގުމަށް އިއުލާންކުރި ތަރައްޤީގެ ބިޔަ މަޝްރޫޢުއާއެކު ކަޝްމީރުގައި ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. ކަޝްމީރުގެ ރައްޔިތުންގެ ދިރިހުރުމުގެ ނާރު ކަމުގައިވާ އެމީހުންގެ ދަނޑުބިންތަކުގެ ބޮޑުބަޔަކާއިއެކު މަގުތަކާއި ރެއިލްވޭއަށް ކަޝްމީރުގެ ގުދުރަތީ ރީތިކަމުގެ ބޮޑު ބައެއް ގެއްލުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ.
އާމަންޑް ދަނޑުތަކާއި އާފަލުގަސްތައް ގިނަ ކަޝްމީރުގައި ޕެއާސް އާއި ޕްލަމްފަދަ ބާވަތްތައްވެސް ގިނަ އަދަދަކަށް ކޮންމެ އަހަރަކުވެސް ހައްދައެވެ.
އިންޑިއާ ސަރުކާރުން ކަޝްމީރުގެ ޕަލްވާމާގައި އެޅުމަށް ނިންމާފައިވަނީ އިންޖިނިއަރިންގ ކޮލެޖެކެވެ. މިއާއެކު އެސަރަޙައްދުގައި އާފަލާއި, ޕެއާޒް އަދި އާމަންޑް ހައްދާ މަލިކް ހާރޫން އާއި އެތައް ދަނޑުވެރިންގެ ދަނޑުތައް ގެއްލޭނެއެވެ. އެއީ އެސަރަހައްދުގައި ދިރިއުޅޭ ގާތްގަނޑަކަށް 4 މިލިއަން މީހުން ދިރިއުޅުމަށް ކުރާ މަސައްކަތެވެ.
އަހަރެން އަހަރަކު އެވްރެޖްކޮށް 11,000 އެމެރިކާ ޑޮލަރު ހޯދަން މި ދަނޑުތަކުން. ޕުލްވާމާގެ 10 ވަރަކަށް ވިލެޖަށް މީގެ ސީދާ އަސަރުކުރާނެ. މި ބިމަކީ އަހަރެމެންގެ ދިރުއުޅުމުގެ ނާރު" 27 އަހަރުގެ ހާރޫން އަލްޖަޒީއަށް ބުންޏެވެ. އޭނާ ބުނީ އެ އާމްދަނީ އިން ހަތަރު މީހުންގެ އޭނާގެ އާއިލާގެ ހަރަދުތައް ބެލެހެއްޓޭ ކަމުގައެވެ. އަދި ވިލެޖްގެ އެންމެންގެ އިޤްތިސާދީ ފުފުންތެރިކަން ބިނާވެފައި އޮންނަނީ އެ ދަނޑުބިންތަކަށް ކަމުގައެވެ.
އިންޑިއާގެ ކަޝްމީރު ފަޅީގެ ރައްޔިތުން 2019 ން ފެށިގެން ދަނީ އިޤްތިޞާދީ ގޮތުން ދަތި ދުވަސްވަރެއް ގުނަމުންނެވެ. އެއީ އޭރު މޯދީގެ ސަރުކާރުގެ އަގުލަބިއްޔަތު އޮންނަ ހިންދޫންގެ ބޮޑު ތާއިދާއެކު އިންޑިއާގެ ޤާނޫނު އަސާސީން ކަޝްމީރުގައި ދިރިއުޅޭ މުސްލިމުންނަށް ޙާއްސަ އަހައްމިއްޔަތުކަމެއްދޭ އާޓިކަލް 370 އުވާލުމާއެކުއެވެ.
އެ އާޓިކަލްގެ ދަށުން އެސަރަޙައްދުގައި އުޅޭ މީހުންނަށް މާލީ, ދިފާއި އަދި ބައިނަލްއަޤުވާމީ ގުޅުންތަކޭ ބެހޭ ކަންކަން ފިޔަވައި އެހެން ކަންކަމުގައި އަމިއްލަ ޤާނުނު ހެދުމުގެ ބާރު ލިބިދީފައި ވެއެވެ. ނަމަވެސް އާޓިކަލް އުވާލާ މޯދީގެ ސަރުކާރުން ވަނީ ކަޝްމީރު ފެޑެރަލް ގޮތުން ހިންގުމަށް ޖަންމޫ އަދި ކަޝްމީރާއި ލަދަކް ގެ ނަމުގައި ދެ ޔޫނިއަން ޓެރިޓަރީ ހަދާފައެވެ.
އޭގެ ފަހުން ސަރުކާރުން އަންނަނީ ކަޝްމީރުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް އިއުލާން ކުރަމުންނެވެ. ސަރުކާރުން ބުނަނީ އެއީ ކަޝްމީރާއި އިންޑއާގެ އެހެނިހެން ސަރަޙައްދުތައް ގުޅުވާލުމުގެ ޕްރޮޖެކްޓްތައް ކަމުގައެވެ.
އެކަމަކު ކަޝްމީރުގައި ދިރިއުޅޭ ރައްޔިތުންނަށް އެއީ ބިރެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އެއީ ވެރިރަށް ނިއުދިއްލީގެ ބާރުވެރިކަން އެމީހުންގެ މައްޗަށް ގަދަކުރުމުގެ ގޮތުން ހިންގާ މަޝްރޫއުތަކެވެ.
ރިއެކްޝަންސް






