ރޯދަމަހުގެ އުމްރާވެރިންގެ ޑެބިޓް ކާޑަށް 1500 ޑޮލަރަށް ލިމިޓު ބޮޑުކުރަނީ
ފޮޓޯ: ސޯޝަލް މީޑިއާ

ރޯދަމަހުގެ އުމްރާވެރިންގެ ޑެބިޓް ކާޑަށް 1500 ޑޮލަރަށް ލިމިޓު ބޮޑުކުރަނީ

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ އުމްރާވެރިންނަށް ޑޮލަރު ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދެއްވުމުގެ ގޮތުން

12 days ago - 13:37
Feb 10, 2025 - 13:42
Advertisement
Advertisement

މިއަހަރުގެ ރަމަޟާން މަހުގެ އުމްރާއަށްދާ އުމްރާވެރިންގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓު ކާޑުގެ ލިމިޓު 1500 ޑޮލަށް ބޮޑު ކޮށްދިނުމަށް އެމް.އެމް.އޭ އާއި ބީމް.އެލްއަށް ދަންނަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ " 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި އެމް.އެމް.އޭ އަށް ދަންނަވައިފިން." ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement