
އީސީއަށް އެންމެ ފަހުން އައްޔަން ކުރެއްވި ދެ މެމްބަރުން ރައީސްކަމާއި ނައިބުރައީސް ކަމަށް!
އިލެކްޝަން ކޮމިޝަން (އީސީ) އަށް އެންމެ ފަހުން އައްޔަން ކުރެއްވި ދެ މެމްބަރުން އެކޮމިޝަންގެ ރައީސްކަމާއި ނައިބުރައީސް ކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފިއެވެ.
ޤާނޫނަށް ގެނައި ބަދަލާއެކު މިނިވަން މުއައްސަސާތަކުގެ ރައީސްއާއި ނައިބުރައީސް ކަމަށް ބޭފުޅުން އައްޔަންކުރެއްވުމުގެ ބާރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދީފައެވެ. އެއީ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ރައީސްއަކާއި ނައިބުރައީސް ކަމަށް އައްޔަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންފުޅު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާ ފާސްކޮށްގެންނެވެ. މަޖިލިހުގައި މިހާރު އޮތީ ސަރުކާރުގެ ސުޕަރ މެޖޯރިޓީއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ މުޙައްމަދު ޒާހިދުގެ ނަމެވެ. ޒާހިދު އަކީ ކުރިން ހިޔުމަންރައިޓްސް ކޮމިޝަންގެ ނައިބުރައީސްކަން ކުރެއްވި ބޭފުޅެކެވެ. އީސީގެ ނައިބުރައީސްކަމަށް އައްޔަން ކުރެއްވުމަށް ހުށަހެޅުއްވީ އަބްދުއްރަހުމާން ޞޮލާހު ރަޝީދުގެ ނަމެވެ. އޭނާއަކީ ކުރިން އެކޮމިޝަންގެ ސެކެޓްރީ ޖެނެރަލްގެ މަގާމް އަދާކުރެއްވި ބޭފުޅެކެވެ. އެކަމަކު މިދިޔަ ފަސް އަހަރު ހުންނެވީ ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމްގައެވެ.
ރިއެކްޝަންސް






