މަޖިލީސް އިންތިޚާބު އޮބްޒާވްކުރުމުގެ ފުރުސަތު ހުޅުވައިލައިފި
މަޖިލީސް އިންތިޚާބު އޮބްޒާވްކުރަން ބޭނުންވާ މީހުން ފޯމު ހުށަހަޅަން އީސީ އިން ހުޅުވައިލައިފި
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިޚާބު އޮބްޒާވްކުރަން ބޭނުންވާ މީހުން ފޯމު ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވައިލައިފިއެވެ.
އީސިގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ފޯމު ހުށަހެޅުން ހުޅުވައިލައިފައި ވަނީ، މިއަދުން ފެށިގެން އަންނަ މަހުގެ 19ވަނަ ދުވަހުގެ މެންދުރު ފަހު 03:00އާ ހަމައަށް ކަމަށެވެ.
ދަރުބާރުގެއިން ފޯމް ބަލައިގަތުމުގެ އިންތިޒާމް މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ކުރިއަށް ދާނެއެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.
އިންތިޚާބު އޮބްޒާވް ކުރަން އެދޭ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށާއި ދަރުބާރުގޭގެ ހުންނަ އެ ކޮމިޝަންގެ ރިސެޕްޝަނުންނެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އިއުލާންކޮށް، މިމަހުގެ 21އާ ހަމައަށް އީސީން ޝަކުވާ ހުށަހަޅަން ހުޅުވައިލިއެވެ. އެ ޝަކުވާތަކާ ގުޅިގެން ގެނައި ބަދަލުތަކަށް އަލުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް އިއްޔެ އެ ކޮމިޝަނުން ވަނީ ހުޅުވައިލައިފައެވެ.
މަޖިލިސް އިންތިޚާބު މާޗް މަހުގެ 17ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި ވީ ނަމަވެސް އެ ދުވަސް ދިމާވަނީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާއާއެވެ.
ރިއެކްޝަންސް