ޕެލަސްގެ އެބަރަޗީ އީޒް 60 މިލިއަން ޕައުންޑަށް އާސެނަލްއަށް ސޮއިކޮށްފި
އެޒީ. ސްޕަރސްގެ މި ފަހަރުގެ އެއް ނަމްބަރު ޓާގެޓް ވަނީ އާސެނަލް އަށް ސޮއިކޮށްފައި

ޕެލަސްގެ އެބަރަޗީ އީޒް 60 މިލިއަން ޕައުންޑަށް އާސެނަލްއަށް ސޮއިކޮށްފި

21 hours ago - 21:20
Aug 24, 2025 - 10:31

ކްރިސްޓަލް ޕެލަސްއަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ އެބަރަޗީ އެޒީ އާސެނަލް އަށް ސޮއިކޮށްފިއެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ އާސެނަލް އަށް ސޮއިކުރީ ޖުމްލަ 60 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެއީ އިތުރު ކަންކަން ހިމެނޭހެން އޮތް 8 މިލިއަން ޕައުންޑްވެސް ހިމެނޭ ގޮތަށެވެ.

27 އަހަރުގެ މި ކުޅުންތެރިޔާއަކީ އާސެނަލްއަށް މި ހޫނު މޫސުުގެ ޓްރާންސްފަރ ގައި ގުޅުނު ހަތްވަނަ ކުޅުންތެރިޔާއެވެ.

އެޒީ އަކީ ޓޮޮޓްނަމް ހޮޓްސްޕަރ އިން މިހޫނު މޫސުމުގައި އެ ކްލަބަށް ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި ކުޅުންތެރިޔާއެވެ. އެގޮތުން ޓޮޓްނަމް އާއި ޕެލަސް އާ ދެމެދު އެކަމާ ގުޅޭ މަޝްވަރާތައް ނިމި ގާތްގަނޑަކަށް އެއްބަސްވުމަކަށް ދެ ކްލަބުން އައިސްފައިވާކަމަށް ރިޕޯޓްތައް ބުނިފަހުން އަނެއްކާވެސް އިވުނީ އާސެނަލްއަށް އެޒީ ދާ ވާހަކައެވެ. 

ސްޕަރސްގެ ވާދަވެރިޔާ އާސެނަލްއިން އެޒީއާ އެޕްރޯޗްކުރީ ފާއިތުވި ހަފްތާގެ މެދު ތެރޭގައެވެެ. 

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow