މަސްވެރިން ކިރުވި މަހަށްވާ 8 ލައްކައަށްވުރެ ގިނަ ރުފިޔާ މިފްކޯއިން ދޫކޮށްފި

މަސްވެރިން ކިރުވި މަހަށްވާ 8 ލައްކައަށްވުރެ ގިނަ ރުފިޔާ މިފްކޯއިން ދޫކޮށްފި

3 hours ago - 20:41
Advertisement
Advertisement

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން މަސްކިރުވި ދޯނިތަކަށް ދޭންޖެހޭ 8 ލައްކައަށްވުރެ ގިނަ ރުފިޔާ މިއަދު ދޫކޮށްފިއެވެ. މިއީ މަސްވެރިން ބާނާ މަހަށް ވީހާވެސް އަވަހަށް ފައިސާ ދޫކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒުގެ ދަށުން ކުރިއަށްގެންދިޔަ މުޢާމަލާތެކެވެ.


މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ޖުމްލަ 29 އުޅަނދަކަށް 841,400 ރުފިޔާ ވަނީ ދޫކޮށްފައެވެ. މި ފައިސާއަކީ މި ހިނގާ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެ ކުންފުންޏަށް މަސްކިރުވި ދޯނިތަކަށް ދޭންޖެހޭ ފައިސާއެވެ.


ފައިސާ ދޫކުރި ގޮތުގެ ތަފްޞީލަށް ބަލާއިރު، 14 ވަނަ ދުވަހު ކަޅުބިލަމަސް ކިރުވި 26 ދޯންޏަކަށް 817,800 ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ. މީގެ އިތުރުން، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 6 ދޯންޏަކަށް 5,000 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 9 ދޯންޏަކަށް 18,600 ރުފިޔާ ވަނީ ދޫކޮށްފައެވެ.


މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ސަރުކާރުން އަންނަނީ އެ ވަޢުދާ އެއްގޮތަށް، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ.


މިފްކޯއިން ބުނިގޮތުގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެއްވެސް މެދުކެނޑުމެއްނެތި، ވީހާވެސް އަވަސް މިނެއްގައި ފޯރުކޮށްދިނުމަށް އެ ކުންފުނިން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއީ މަސްވެރި އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މަސްވެރިކަމުގެ ސިނާޢަތަށް އިތުރު އިތުބާރު ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement