ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ފައިދާ އޮތީ ރައްޔިތުންނަށް- ގާސިމް
ގާސިމް އިބްރާހީމް މަޖިލިހުގައި ވާހަކަދައްކަވަނީ: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ފައިދާ އޮތީ ރައްޔިތުންނަށް- ގާސިމް

އިސްލާހުތަކުގެ ސަބަބުން ފައިދާވާނީ ސަރުކާރަށް ނޫން

3 hours ago - 09:37
Aug 17, 2025 - 09:37
Advertisement
Advertisement

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކުގެ ފައިދާ އޮތީ ރައްޔިތުންނަށް ކަމަށް ވިދާޅުވެ އެބަދަލަށް ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތާއީދު ކުރައްވައިފިއެވެ.

އެއިސްލާހުތަކާ ގުޅިގެން ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމަށް ހިއްސާކުރެއްވި ބަޔާނުގައި ގާސިމް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހު ތަކަކީ މުހިއްމު އިސްލާހުތަކެއް ކަމަށެވެ. ގާސިމް ވިދާޅުވީ އެއީ މިއަދުގެ ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިސްލާހެއް ކަމަށެވެ. ރާއްޖޭގެ ޤާނޫނު އަސާސީ ބަޔާންކޮށްފައިވަނީ ޔުނިޓަރީ ދައުލަތެއް ކަމަށް ވީނަމަވެސް ފެޑެރަލް ދައުލެތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކޭކަން ގާސިމް ފާހަގަކުރައްވާފައި ވެއެވެ. ވިދާޅުވީ ޔުނިޓަރީ ދައުލަތެއްގެ ވެރިކަން ހިންގުމުގެ ބާރުތަކާއި, ފްރޭމް ވޯކާއި ފުށުއަރާ ގޮތަށް އެއްވެސް އެއްވެސް ޤާނޫނެއް ހެދިފައި އޮވެގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުވެސް ގަބޫލުކުރަނީ ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވިފަދައިން މިއިޞްލާހުތަކަކީ އެނިޒާމް 'ހަރުދަނާ ކުރުމަށް, ޗެމްޕިއަން ކުރުމަށް' ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށް." ގާސިމް ވިދާޅުވިއެވެ.

ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ވިދާޅުވީ އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުން ބިންތައް ދޫކޮށް, ގިނަ އަދަދެއްގެ މުވައްޒަފުން ނަގާނެ ފުރުޞަތު އޮވެގެން ނުވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ އެއީ ނާޖާއިޒު ފައިދާއެއް ކަމަށެވެ.

Advertisement
Advertisement

"އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަން ނުދޭ މިންވަރަށް އިތުރު މަގާމްތަކެއް އުފެއްދުމުގެ ބާރު ޤާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެ" ގާސިމް ވިދާޅުވެފައި ވެއެވެ.

ގާސިމް ވިދާޅުވީ ސަރުކާރުން ގެނައި އިސްލާހުތަކުގެ ސަބަބުން ފައިދާވާނީ ސަރުކާރަށް ނޫން ކަމަށާއި, ފައިދާވާނީ ރައްޔިތުންނަށް ކަމަށެވެ. ސަރުކާރުން ހުށަހެޅި އިސްލާހުތަކާއެކު ޤާނޫނު މަޖިލިހުން ފާސްކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެބިލް ތަސްދީޤުވެސް ކުރައްވާފައެވެ އަދި މިހާރު ވަނީ އެބިލަށް އަމަލުކުރަންވެސް ފަށާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement