55 ރަށެއްގައި ކައުންސިލް އިދާރާ އަޅަން އާރުސީސީއާ ހަވާލުކޮށްފި

55 ރަށެއްގައި ކައުންސިލް އިދާރާ އަޅަން އާރުސީސީއާ ހަވާލުކޮށްފި

މިމަހު މަސައްކަތް ފަށާ, އަހަރެއް ތެރޭ ނިންމާނެ

8 months ago - 07:53
Aug 17, 2025 - 07:53
Advertisement
Advertisement

55 ރަށެއްގައި ކައުންސިލް އިދާރާ އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްފިއެވެ.

އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރ ހާމިދު ޔޫސުފް އެވެ. އަދި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު އެވެ.

މިމަސައްކަތް ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރާ ގޮތަށެވެ. މިނިސްޓްރީން ވިދާޅުވީ އަމަލީ މަސައްކަތް މިމަހު ފަށާނެ ކަމަށެވެ. އަދި 1 އަހަރުތެރޭގައި 55 ކައުންސިލް ނިންމާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މީގެތެރެއިން ގިނަ ކައުންސިލް އިދާރާތައް އިމާރާތް ކުރާނީ ދެ ފަންގިފިލާ އަށެވެ. މި ޕްރޮޖެކްޓްގައި ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ހިމެނޭނެ އެވެ. މިއީ 631 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރަށްރަށުގެ ކައުންސިލް އިދާރާތައް އެޅުމާއި ފުލުހުންގެ މަރުކަޒުތައް ގާއިމް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. ކައުންސިލް އިދާރާތައް އަޅަން އެންމެ ފުރަތަމަ މިއަހަރުގެ ޖެނުއަރީ މަހު ހަވާލުކުރީ މެލޭޝިޔާ ކުންފުންޏަކާއެވެ. ނަމަވެސް އެކުންފުނިން ޚަބަރެއް ނުވުމުން އެއްބަސްވުން ބާތިލް ކުރީއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement