ކާރު އެކްސިޑެންޓެއްވެ، ލިވަޕޫލްގެ ޕޯޗްގަލް ފޯވާޑް ޖޮޓާ ކުއްލި ގޮތަކަށް މަރުވެއްޖެ
ޖޮޓާ ނޭޝަންސް ލީގު ތަށްޓާއެކު

ކާރު އެކްސިޑެންޓެއްވެ، ލިވަޕޫލްގެ ޕޯޗްގަލް ފޯވާޑް ޖޮޓާ ކުއްލި ގޮތަކަށް މަރުވެއްޖެ

6 hours ago - 13:45
Jul 3, 2025 - 17:55

ކާރު އެކްސިޑެންޓެއްވެ، ލިވަޕޫލްގެ ޕޯޗްގަލް ފޯވާޑް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ. 

28 އަހަރުގެ ޖޮޓާ ވަނީ ނިމިގެން ދިޔަ ސީޒަންގައި ލިވަޕޫކާއެކު ޕްރިމިއަރ ލީގު އުފުލާލާފައެވެ. އަދި މިދިޔަ ޖޫން މަހު ޕޯޗްގަލްއާއެކު ނޭޝަންސް ލީގު އުފުލާލިއެވެ. އޭނާ ކައިވެނިކުރީ އޭގެފަހުން ޖޫން 22 ގައެވެ.
އެކްސިޑެންޓްގައި ޖޮޓާގެ ކޮއްކޮ އަންދްރޭ ސިލްވާ ވެސް ވަނީ މަރުވެފައެވެ. ސްޕެއިންގައި އެކްސިޑެންޓް ހިނގީ ދެ ކާރު ޖެހިއެވެ. އެކްސިޑެންޓް ހިނގީ އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޖޮޓާ މަރުވިއިރު އޭނާގެ 3 ކުދިން ތިބެއެވެ. ޖޮޓާގެ ކުއްލި މަރާ ގުޅިގެން ފުޓްބޯޅަ ކްލަބްތަކާއި, ކުޅުންތެރިން އަންނަނީ ހިތާމައިގަ ބައިވެރިވެ އާއިލާގެ ހިތާމައިގަ ބައިވެރިވާކަން ފާޅުކުރަމުންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow