
ރަށު މާރުކޭޓްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ 15 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
ރަށު މާރުކޭޓްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ 15 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ވިދާޅުވީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ރަށު މާރުކޭޓްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި 37 ބިދޭސީން ޗެކްކުރި ކަމަށެވެ. އޭގެތެރެއިން ގަވައިދާ ހިލާފްކަމަށް ފާހަގަކުރެވުނީ 15 ބިދޭސީންނެވެ. އޭގެތެރޭގައި 5 އަންހެނުންވެސް ހިމެނެއެވެ.
މިއީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސްއިން އިއްޔެ ހަވީރު ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަންގައި އަތުލައިގަން މީހުންނެވެ.
ރިއެކްޝަންސް






