ފަރެސްމާތޮޑާ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި

ފަރެސްމާތޮޑާ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި

2 hours ago - 20:52
Advertisement
Advertisement

ގދ. ފަރެސްމާތޮޑާގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.


މި މަޝްރޫޢު ރަސްމީކޮށް ފައްޓަވައިދެއްވީ ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި، ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު އަޝްރަފު ރަޝީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިސްމާއީލް ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އަދި ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަޙްމަދު އިމްތިޔާޒުގެ އިތުރުން ރަށުގެ އެކި މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެ ރަށުގެ 11.25 ކިލޯމީޓަރުގެ 36 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ތެރޭގައި މަގުތަކުގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޕޭވްމަންޓް ހެދުމުގެ އިތުރުން ދުއްވާ ސަރަޙައްދުތައް ޤާއިމުކޮށް މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.


ސަރުކާރުން 255.21 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢު ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 1140 ދުވަހުގެ މުއްދަތެކެވެ.

Advertisement
Advertisement


ގާތްގަނޑަކަށް 2000 އެއްހައި މީހުންގެ އާބާދީއެއް އޮތް ފަރެސްމާތޮޑާގެ މަގުތައް ހަލާކުވެފައި އޮތުމަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ހާއްސަކޮށް ވިއްސާރަ މޫސުންތަކުގައި މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރުކުރުމަށާއި އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދެއެވެ. ނަމަވެސް މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމާއެކު، ރަށުގެ ރައްޔިތުންނަށް ޒަމާނީ އަދި ފަސޭހަ މަގުތަކެއް ލިބިގެންދާނެ ކަމުގެ އުންމީދު ވަނީ އާވެފައެވެ.


ނައިބު ރައީސްގެ މި ދަތުރުފުޅުގައި މަގު ހެދުމުގެ އިތުރުން، ފަރެސްމާތޮޑާގެ ބިން ހިއްކުމާއި، ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މިއީ އެ ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement