ޣައްޒާގެ އަލް އަޤްޞާ ހޮސްޕިޓަލްއަށް ދިން ހަމާލާގައި އިންސާނުން ދިރިތިއްބާ އަނދަމުންދާ މަންޒަރު
އިޒްރާއިލްއިން އާދިއްތަ ދުވަހުގެރޭ ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި އެސަރަޙައްދުގެ ޓެންޓުތަކުގައި ރޯވެ ދިރިއްބާ މީހުން އަނދަމުންދާ މަންޒަރުތައް ވަނީ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. މި ހަމަލާތައް ދީފައިވަނީ މެދުތެރޭ ޣައްޒާގެ ދިއެރް އެލް-ބަލަޙްގެ އަލް އަޤްޞާ މާޓައިރް ހޮސްޕިޓަލް ސަރަޙައްދުގައި ވިއްސިވިހާލިވެފައިވާ ރައްޔިތުން ހިމާޔަތް ހޯދައިގެން ތިބި ސަރަހައްދަކަށެވެ.
އިޒްރާއިލްގެ އަސްކަރިއްޔާއިން މަޢުލޫމާތުދޭ ގޮތުގައި އިޒްރާއިލް އިން ހަމަލާ ދިނީ ހޮސްޕިޓަލާ އިންވެގެން ހުރި ހަމާސްގެ ކޮމާންޑު ސެންޓަރަކަށެވެ. މަންޒަރުދުށް މީހަކާ ހަވާލާދީ ވޮޝިންގްޓަން ޕޯސްޓްގައި ބުނެފައިވާ ގޮތުން ރޮކެޓް ހަމަލާއާއެކު އެސަރަހައްދުގައި ތިބި އާންމުންގެ ޓެންޓުތަކުގައި ވަރަށް ބޮޑަށް ރޯވެ އަނދަމުންދިޔައެވެ.
ރޭގެ ހަމާލާގައި މިހާތަނަށް 4 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި 70 މީހުން ޒަޙަމްވެފައިވާއިރު މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. މީހުން ސަލާމަތްކުރެމުގެ މަސައްކަތް ޓީމުތަކުން މިހާރުވެސް ދަނީ ކުރަމުންނެވެ. މެދުތެރޭ ޣައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި 22 މީހުން މަރުވެ 80 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ލުބުނާނާއި އިޒްރާއިލްގެ މަޞްރަޙް ގޯސްވެފައިވާއިރު ހިޒްބުالله އިން އިޒްރާއިލްގެ އަސްކަރީ ތަންތަނަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ވަނީ ޑްރޯން ހަމަލާއެއް ދީފައެވެ. މި ހަމަލާގައި އިޒްރާއިލް އަސްކަރިއްޔާގެ ހަތަރު ސިފައިންވެސް މަރުވެފައިވާކަމަށް އިޒްރާއިލްއިން މަޢުލޫމާތު ދީފައިވާކަމަށް އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ. އުތުރު އިޒްރާއިލްގެ ބިންޔާމީން އަސްކަރީ ބޭހަށް ދިން މި ހަމަލާގައި އިތުރު ހަތް މީހަކު ޒަހަމްވެފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
މާޗުމަހުވެސް ރަފަޙްގައި އާންމުން ދިރިއުޅެމުންދިޔަ ޓެންޓްތަކަކަށް ބޮން އަޅާ 45 މީހަކު ދިރިތިއްބާ އިޒްރާއީލް އިން އަންދާލާފައިވެއެވެ.
ރިއެކްޝަންސް