އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ހަދަން ފަށައިފި
މަސްފެންގަނޑު ހަދާ ތަނުގެ ކައިރީގައި ފަހުމީއާއި އިސްލާމިކް މިނިސްޓަރ

އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ހަދަން ފަށައިފި

4 days ago - 13:00
Oct 14, 2024 - 13:00
Advertisement

އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދަން ފަށައިފި އެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ އެމަސައްކަތް ސްޓެލްކޯއިން ކުރަނީ އެތަނުގެ 'ލޭންޑްމާރކް' އަނބުރާ ގެނައުމަށް ކަމަށެވެ. ދިވެހިންގެ ތާރީކާ ސަގާފަތާ ގުޅޭ އެތަނުގެ ރީތިކަން ދަމަހައްޓަވާނެ ކަމުގެ ޔަގީންކަންވެސް ފަހުމީ ވަނީ ދެއްވާފައެވެ. ފަހުމީ ވަނީ މަސައްކަތް ހިނގަމުންދާ ތަނަށް ވަޑައިގެން ކުރިއަށްދާގޮތްވެސް ބައްލަވާލައްވާފައެވެ.

މަސްފެންގަނޑު ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ހެދުމުގެ ޝައުގުވެރިކަން އެންމެ ފުރަތަމަ ފާޅުކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލުކުރެއްވުމަށްފަހު މިމަހުގެ 7 ވަނަ ދުވަހު އެވެ.  ފަހުމީ ވިދާޅުވީ އެފަދަ މަސައްކަތްތަކަށް އަބަދުވެސް ސްޓެލްކޯގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު ވަށައިގެން މަސްފެންގަނޑު ހަދަނީ މަރުކަޒަށް 40 އަހަރު ފުރުމާ ދިމާކޮށް ޒީނަތްތެރި ކުރުމަށެވެ. އެންމެ ފުރަތަމަ އެތަން ހަދަން އިސްލާމިކް މިނިސްޓްރީން ޢާއްމުކޮށް ހުޅުވާލީއެވެ. ނަމަވެސް ޚަރަދު ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ވަގުތެއްގައި މަސްފެންގަނޑު ހަދަން އިއުލާނުކުރުމުން އަމާޒުވި ފާޑުކިއުންތަކާއެކު މިނިސްޓްރީން އެއިލާނު ބާތިލް ކުރީއެވެ.

 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement