ބިދޭސީންނާ ގުޅޭ 840 މައްސަލައެއް ހުށަހަޅައިފި
ބިދޭސީން އުޅެނީ ގަވާއިދާ އެއްގޮތަށްތޯ ބަލަނީ

ބިދޭސީންނާ ގުޅޭ 840 މައްސަލައެއް ހުށަހަޅައިފި

1 day ago - 10:51
Oct 17, 2024 - 10:51
Advertisement

ޖުލައިމަހު ތަޢާރަފްކުރި އިމިގްރޭޝަން ވޮޗް މެދުވެރިކޮށް 840 މައްސަލައެއް ހުށަހަޅައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ޢާއްމުކުރި ހިސާބުތަކުގައިވާ ގޮތުން ޖުލައި 17 ޖުލައިން ފެށިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ބިދޭސީން ޤަވާއިދާ ޙިލާފަށް ވިޔަފާރިކުރާ މައްސަލައެވެ. އެފަދަ 221 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ދެން އެންމެ ގިނައީ ވިސާ ނެތް ބިދޭސީންގެ މައްސަލައެވެ. އެފަދަ 206 މައްސަލައެއް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ހުށަހަޅާފައި ވެއެވެ. ހަށިވިއްކުމުގެވެސް 50 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން އިންސާނީ ވަގުވިޔަފާރި ކުރުމުގެ މައްސަލަތަކާއި, ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުމުގެ މައްސަލަތަކާއި, ވެރިމީހާއަށް ފިލައިގެން އުޅުމުގެ މައްސަލަތައް ވަނީ ހުށަހަޅާފައެވެ.

https://x.com/ImmigrationMV/status/1846759023145599107

އިމިގްރޭޝަނުން ބުނީ ހުށަހެޅި މައްސަލަތަކުގެ ތެރެއިން 596 މައްސަލަ ބަލާ ނިންމާފައިވާ ކަމަށެވެ. ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ސައްހަ ނޫން މައްސަލަތައްވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ސައްހަކަން ކަށަވަރު ނުކުރެވޭ މައްސަލަތައްވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

Advertisement

ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ގެންދަނީ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. އެއޮޕަރޭޝަންގައި ބިދޭސީން ވިޔަފާރި ކުރާތަންތަން ބެލުމާއި, ބިދޭސީން އަތުގައި ވިސާ އޮތްތޯ ޗެކް ކުރުމާއި ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ގަވާއިދުގެ ތެރެއަށް ފެއްތުން އަދި ޑީޕޯރޓް ކުރުން ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement