
ގަދަ ފިނީފައި ޣައްޒާގެ ހަ ކުދިން ނިޔާވެއްޖެ, މޮބައިލްގެ ގެތަކަށް އިޒްރާއިލްއިން ހުއްދައެއް ނުދިން
ޣައްޒާގެ ފިނިމިން އިންތިހާއަށް މަތިވެ, ގަދަ ފިނީގައި ގަނޑުވެގެން ތުއްތު 6 ކުދިން މަރުވެއްޖެއެވެ. ހަމަލާތައް މެދުކަނޑާލުމާގުޅޭ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އެރެތެވާންޖެހޭ މޮބައިލް ގެތަކާއި ޓެންޓްތައް ޣައްޒާއަށް އެތެރެވިޔަނުދީ އިޒްރާއިލްއިން ވަނީ ހިފަހައްޓާފައެވެ.
ޣައްޒާ ސިޓީގައި ހުންނަ ފްރެންޑްސް އޮފް ދި ޕޭޝަންޓް ޗެރިޓަބަލް ހޮސްޕިޓަލްގެ ޑިރެކްޓަރ, ޑރ. ސައީދު ސަލާޙް އަލްޖަޒީރާއަށް ކަށަވަރުކޮށްދިން ގޮތުގައި ގަނޑުވެގެން މަރުވި ކުދިންގެ ތެރޭގައި އެންމެ ތުއްތު ތިން ކުދިން ހިމެނެއެވެ. އެއީ ވިހޭތާ އެކެއް ނުވަތަ ދެ ދުވަސްވީ ކުދިންނެވެ. އަންގާރަ ދުވަހު އިތުރު ދެކުދިން މަރުވި އިރު, ހަވަނަ ކުއްޖާ މަރުވެފައިވަނީ ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައެވެ
ގަދަ ފިނީގައި ގަނޑުވެގެން ހަ ކުއްޖަކު ނިޔާވެފައިވާކަން ޣައްޒާގެ މަދަނީ ދިފާއުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ޣައްޒާގައި މީހުން ދިރިއުޅެން އެކަށީގެންވާ އެއްވެސް ތަނެއް ނެތްއިރު, ވީދިފައިވައިވާ ޓެންޓްތަކުގައި ދިރިއުޅުމުންދިޔަ ރައްޔިތުން ތިބީ ގަދަ ފިނިން ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތިއެވެ.
ޑރ. ޞަލާޙް އިތުރަށް ބުނީ އެހޮސްޕިޓަލް އަށް ހައިޕޮތަމިއާ (ގަދަ ފިނިގައި ހަށިގަނޑުގެ ހޫނުމިން ދަށްވުން) ގެ އިތުރު އަށް ކޭސް ލިބިފައިވާކަމަށާއި, އެކުދިންނަށް އިންޓެންސިވް ކެއަރ ބޭނުންވާ ކަމުގައެވެ.
"އެކުދިން ހަމަ އުފަންވީ. ޢައިލާތަކުގައި އެކުދިން މި ގަދަ ފިނިން ރައްކާތެރިކުރެވޭނެ ގޮތެއް ނެތް. ފާއިތުވެ ދިޔަ ދެތިން ދުވަހު ވެސް ފިނިރާޅުތަކާއެކު އިންތިހާއަށް ފިނި ގަދަ. އެކުދިންގެ އެހެން ސިއްޙީ މައްސަލައެއްނެތް އެ ނޫނީ" ހޮސްޕިޓަލް އަލްޖަޒީރާގެ ނޫސްވެރިޔާ ހަނީ މުހައްމަދު ރިޕޯޓްކޮށްފައިވެއެވެ.
ތުއްތު ކުދިންގެ މަރާ ގުޅިގެން ހަމާސްއިންވަނީ އިޒްރާއިލްއިން މޮބައިލް ގެތަކާއި ޓެންޓްތައް ޣައްޒާއަށް އެތެރެކުރުން ހުއްދަ ނުދޭ މައްސަލައަކީ އިންސާނިއްޔަތާ ޚިލާފް ޕޮލިސީއެއް ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން އެ ޖަމާއަތުން ނެރުނު ބަޔާނުގައި ހަމަލާތައްކުގެ އެއްބަސްވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ފަރާތްތަކަށާއި ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ވަނީ ޣައްޒާއަށް ބޭނުންވާ ޒަރޫރޫ އިންސާނީ އެހީތެރިކަމާއި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ.
ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ އެއްގޮތަށް ޣައްޒާއަށް ވަންނަންޖެހޭ އެތައްހާސް މޮބައިލް ގެތަކާއި ޓެންޓްތައް މިހާރުވެސް ރަފަޙް ބޯޑަރުގައި އިޒްރާއިލްގެ ހުއްދަ ނުލިބި ޣައްޒާއަށް އެތެރެ ނުވެވި އެބަހުއްޓެވެ.
ރިއެކްޝަންސް






