ގިނަ ގައުމުތަކެއްގެ ފިއްތުންތަކާއެކު 80 ދުވަސްފަހުން ޣައްޒާއަށްް 5 ޓްރަކްގެ އެހީގެ ސާމާނު ވައްދައިފި
އިންސާނީ އެހީ ބަރުކޮށްފައިވާ ޓްރަކެއް. ފޮޓޯ: އޭޕީ

ގިނަ ގައުމުތަކެއްގެ ފިއްތުންތަކާއެކު 80 ދުވަސްފަހުން ޣައްޒާއަށްް 5 ޓްރަކްގެ އެހީގެ ސާމާނު ވައްދައިފި

2 ޓްރަކްގައި ހުރީ ހުސް ކަފުންފޮތި

8 hours ago - 09:45
May 20, 2025 - 09:47

ޣައްޒާއަށް އިންސާނީ އެހީ ވަނުން އިޒްރާއިލްއިން ހުއްޓާފައި އޮންނަތާ ގާތްގަނޑަކަށް 3 މަސް ވާން ދަނިކޮށް އެހީގެ ސާމާނާއެކު 5 ޓްރަކް ޣަައްޒާއަށް ވަނުމުގެ ހުއްދަ އިޒްރާއިލްއިން ދީފިއެވެ.

ގިނަ ޤައުުމުތަކެއްގެ ފިއްތުންތަކާއެކު މަދު އަދަދެއްގެ އެހީގެ ސާމާނު އިއްޔެގެ ވަގުތެއްގައި ޣައްޒާއަށް ވަދެފައިވާއިރު, އޭގެން 2 ޓްރަކް ފުރާ ހުރީ ކަފުންފޮތި ކަމުގައި ފަލަޞްޠީނުގެ ޤާނޫނި ވަކީލެއް ކަމުގައިވާ ހަނީ އަމްރާ އޭނާގެ އިންސްޓްގްރާމްގައި ބުނެފައި ވެއެވެެ. 

އެހީގެ ތަކެތި ޣައްޒާއަށް ވަނުމަށް ހުރަސްއަޅާ ނަމަ އިޒްރާއިލްއާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ކެނަޑާ, އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް ހިމެނޭހެން 22 ގައުމަކުން ވަނީ ބުނެފައެވެ. އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ވަނީ ޣަައްޒާއަށް 'މަދު' އަދަދެއްގެ އެހީގެ ސާމާނު ވައްދަން އެއްބަސްވީ ޤައުމުތަކުގެ ފިއްތުންތަކާއެކު ކަމަށް ބުނެފައެވެ.

ދާދި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކުރެއްވި ދަތުރުގައި އިޒްރާއިލްއަށް ޒިޔާރަތްކޮށްފައެއް ނުވެއެވެ. ހަބަރުތައް ބުނާގޮތުން ޓްރަމްޕްވެސް ވަނީ ޣައްޒާއިން ފެންނަ ހައިހޫނު ކަމުގައި މީހުން ތިބޭ ފޮޓޯތައް ނުފެންނާނެހެން ކަން ނުކުރާނަމަ އިޒްރާއިލްއަށް އެހީދިނުމުގައި ދަތިކުރާނެކަމަށް ބުނެފައެވެ.

Advertisement
Advertisement

80 ދުވަސްވަންދެން ކާނާ އާއި ބޯފެން. އަދި ބޭހާއި ތެޔޮ ފަދަ އިންސާނީ ޒަރޫރީ އެހީގެ އެއްވެސް ބާވަތެއް ޣައްޒާއަށް އެތެރެ ކުރުން ހުއްޓުވާއި އޮތްއިރު ޣަަައްޒާގެ މުޅި އާބާދީގެ 2 މިލިއަން މީހުން ތިބީ ހައިހޫނުކަމުގެ އިންތިހާގައެވެ. ނަމަވެސް އިއްޔެ ޣަައްޒާއަށް ވައިން 5 ޓްރަކްގައި ގިނައީ ކުޑަކުދިންގެ ކާނާއެވެ. 2 ޓްރަކް ފުރާ ހުރީ ކަފުން ފޮއްޗެވެ. 

ޣައްޒާއަށް އިންސާނީ އެހީގެ ކުޑަ މިންވަރެއް ވަނުމަކީވެސް ކުރިއެރުމެއް ކަމަށް އދ ގެ އިންސާނީ އެހީއާ ބެހޭ އިސްވެރިޔާ ޓޮމް ފެލްޝަރ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭނާ ވިދާޅުވީ "ޣައްޒާ އެހީއަށް ބޭނުންވެފައިވާ މިންވަރަށް ބަލާއިރު މިއީ ހަމަ ކަނޑަކަށް ފެންތިއްކެއް ވައްޓާލުން" ކަހަލަ ކަމެއް ކަމުގައެވެ. 

އދ ން ކަށަވަރުކޮށްދިން ގޮތުގައި ޣައްޒާއަށް ވެއްދުމަށް އިންސާނީ އެހީގެ އިތުރު ޓްރަކްތަކަށް އިޒްރާއިލްއިން މިހާރު ވަނީ ކްލިއަރަންސް ދީފައެވެ. އަދި އިތުރު ބައެއް ޓްރަކްތައް މިއަދު ވަންނަށް ފަށާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ފްލެޝަރ ވިދާޅުވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow