
ހުޅުމާލެ ފޭސް 2 ގައި ހިންގި މާރާމާރީއެއްގައި ދެމީހަކަށް އަނިޔާވެއްޖެ
ހުޅުމާލެ ފޭސް 2، އެޗް11 ކައިރީގައި ރޭ ހިނގި މާރާމާރީއެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުންވިދާޅުވީ މި މާރާމާރީ ހިނގިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭގެ 23:51 ގައި ކަމަށެވެ.
މި މާރާމާރީގައި އެކެެއްގެ ބޯ ފަޅައިގެން ގޮސް އަނިޔާވެފައިވާކަމަށާޢި، އަދިި އަނެއް މީހާގެ ބުރަކަށީގެ އެކި ތަންތަން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން، މި މާރާމާރީ ހިންގި ފަރާތްތަކުން ދެ ފޯނެއް ފޭރިގަނެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މާރާމާރީގައި އަނިޔާ ލިބުނު ދެމީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގު އެއިދާރާއިން ކުރިއަށް ގެންދަވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






