އާ ޤާނޫނުގެ ދަށުން ފުރަތަމަ ހިޔާލު ހޯދުމުގެ ވޯޓް އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި!
ރައީސް މުއިއްޒު ޕޮޑްކާސްޓްގައި މިއަދު ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

އާ ޤާނޫނުގެ ދަށުން ފުރަތަމަ ހިޔާލު ހޯދުމުގެ ވޯޓް އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި!

2 months ago - 17:08
Sep 17, 2025 - 17:08
Advertisement
Advertisement

އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ތަސްދީޤު ކުރެއްވި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓް ނެގުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ ވޯޓް ނަގާނީ އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާއެކު ޕޮޑްކާސްޓްގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ވޯޓެއް ނަގާނެ ކަމަށެވެ. އަދި އެވޯޓް ވެގެންދާނީ ތާރީޚީ ވޯޓަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ އިދާރީ ކަންކަމާއިގެން އިލެކްޝަންސް ކޮމިޝަނުން ކުރިއަށްދާނެ ގޮތެއް ދައްކައިދޭން ޖެހިފައި އޮތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން މެނުވީ އެއްވެސް އިސްލާހެއް ގެނައުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި ވޯޓް ނަގަނީ ވަކިވަކި ރަށްތަކުގައި ކައުންސިލްތައް ހުންނަން ބޭނުންވޭތޯ ނުވަތަ ބޭނުންވަނީ މިހާރުވެސް އޮތްގޮތަށް ސިޓީ ކައުންސިލަކުން ހިންގަންތޯއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ އުފެދިފައި އޮތް އޮތުމާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާކުރެއްވި ކަމަށެވެ. އެކަމުގައި، ރައްޔިތުން އެދިވަޑައިގަންނަވާ ފަދަ ދާއިމީ ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވިކަން ފާހަގަކުރައްވާ ވިދާޅުވީ އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު އޮންނާނެ ގޮތް ކަނޑައަޅުއްވާނީ އެ ސިޓީގެ ރައްޔިތުންކަމަށެވެ.

Advertisement
Advertisement

ބިލް ފާސްވެ، ޤާނޫނަކަށް ވާ ހިސާބުން، އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރައްވައިގެން، ވީ އެންމެއަވަހަކަށް، އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި ވޯޓަށް އެއްސެވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެވޯޓް އޮކްޓޯބަރ މަހުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. މި ވޯޓަކީ، އައްޑޫ ސިޓީގެ ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް "އައްޑޫ" އިތުރުކުރުމަށްފަހު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދާނީތޯ، ނުވަތަ މިހާރު އޮތްގޮތަށް "އައްޑޫ ސިޓީ ކައުންސިލް"ގައި ރަށްތައް ތަމުސީލު ކުރާނީތޯ، ރައްޔިތުން ޚިޔާރު ކުރެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުޅުވާލެވޭ ވޯޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިވޯޓްގެ ސަބަބުން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފުރުޞަތު ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement