ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ  ފުރަތަމަ ބުރަށް 340 ބައިވެރިން މާފިލާފުށްޓަށް
ވަޠަނީ ޚިދުމަތުގެ ބައިވެރިން ފުރަން ތައްޔާރުވަނީ: ފޮޓޯ-ޑިފެންސް މިނިސްޓްރީ

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް 340 ބައިވެރިން މާފިލާފުށްޓަށް

4 hours ago - 16:56
Sep 17, 2025 - 16:57
Advertisement
Advertisement

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ  ފުރަތަމަ ބުރަށް 340 ބައިވެރިން މާފިލާފުށްޓަށް ހިނގައްޖެއެވެ.

މިއީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ, ދިވެހި ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ މުހިއްމު ފިޔަވަޅެކެވެ. މިއީ މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާ ޕްރޮގްރާމެއް ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ. މޯލްޑިވްސް ނޭޝަނަލް ސާރވިސްގެ (ދިވެހި ވަޠަނީ ޚިދުމަތުގެ) ތަމްރީނުގެ ފުރަތަމަ ބުރުގެ ބައިވެރިން ޅ.މާފިލާފުށީގައި ތިންމަސް ދުވަހުގެ ތަމްރީނު ފުރިހަމަ ކުރާނެއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ މިއަހަރުގެ ޖުލައި މަހު ބޭއްވީ މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ.

މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކުރިކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement